އެމްއެމްޕީއާރްސީގެ ހިޔާނާތުގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 38 މުވައްޒިފުން ބައިވެރިވެފައިވާކަން ފާހަގަ ވެފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އޭސީސީ މެންބަރުން މިއަދު ހާޒިރުކޮށް މެންބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން، ކޮމިޝަންގެ ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ، އެ 38 މުވައްޒިފުން ފާހަގަ ވެފައިވަނީ، އެމްއެމްޕީއާރުސީގެ ނަމުގައި އެކި ފަރާތްތަކުން ދޫކޮށްފައިވާ ޗެކް އެސްއޯއެފް އެކައުންޓަށް ޖަމާކުރިބައެއްގެ ގޮތުގައި ކަމަށެވެ.
މުއައްވިޒް ވިދާޅުވީ އެކަމުގައި ޝާމިލްވާ މުވައްޒަފުންގެ ތެރޭގައި ބޭންކުގެ އެންމެ ދަށް ފަންތީގެ މުވައްޒަފުން ފެށިގެން، މެނޭޖުމަންޓާއި ބޯޑު މެންބަރުން ވެސް ހިމެނޭ ކަމަށެވެ.
މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި މީގެކުރިން ވާހަކަ ދައްކަވަމުން އޭސީސީން ބުނެފައި ވަނީ އެސްއޯއެފް އެކައުންޓަށް ބީއެމްއެލްއިން ޗެކްތައް ޖަމާކޮށްފައިވަނީ "އެންޑޯސްމަންޓް" ފުރިހަމަ ނުކޮށް ކަމަށެވެ.