ބޮލީވުޑް

ސާޖިދް ގެ ތިން ފިލްމެއް ކުޅުމަށް ޕޫޖާ ސޮއި ކޮށްފި

2016 ގައި "މޮހެންޖޯ ދާރޯ" ފިލްމުން ބޮލީވުޑަށް ނުކުތް ޕޫޖާ ހެޖް އަކީ މިހާރު ބީ-ޓައުންގެ އެކްޓަރުން ކަމުގައިވާ ރިތިކް ރޯޝަން އަދި އަކްޝޭ ކުމާރު ފަދަ ތަރިންނާއެކު މަސައްކަތް ކޮށްފައިވާ ތަރިއެކެވެ.

ގިނައިން ތަމަޅަ ފިލްމު ކުޅެމުން އަންނަ ޕޫޖާ މިހާރު މިވަނީ ހިންދީ ޑައިރެކްޓަރުންގެ ލޮލުގައިވެސް އަޅައިގަނެފައެވެ. އެގޮތުން ޑައިރެކްޓަރު ސާޖިދް ނަޑިޑްވާލާ އާއެކު ތިން ފިލްމެއްގެ ޑީލެއްގައި ޕޫޖާ ސޮއިކޮށްފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޕޫޖާ ސޮއި ކުރި ފިލްމު ތަކުގެ ތެރެއިން އެއް ފިލްމަކީ ހޮލީވުޑްގެ ފެންޓަސީ ތްރިލާއެއް ކަމަށްވާ "ޓޮމް ރައިޑާ" ގެ ވާހަކައަށް ހަދާ ފިލްކެވެ. 2001 ވަނަ އަހަރު ނެރުނު އެ ފިލްމަކީ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ފިލްމެކެވެ. ފިލްމުގެ ލީޑް ތަރިއަކީ އެންޖެލީނާ ޖޯލީއެވެ.

މިއީ ޕޫޖާ މިހާތަނަށް ކުޅެފައިނުވާ ރޯލެއް ކަމުން އެކްޝަން ފިލްމެއް ކުޅުމުގެ ތައްޔާރީތައް ޕޫޖާ ފަށާފައިވާކަމަށް ވެއެވެ. އެގޮތުން ދެމަސްވަންދެން ޕޫޖާ ވަނީ ފިލްމުގެ ޕްރޮޑިސަރަށް އޭނާގެ ހުރިހާ ދުވަސްތަކެއް ހުސްކޮށްފައެވެ.