ބޮލީވުޑް

ދޯސްތާނާ 2 ގައި ޖާންވީ އާއި ކާތިކް އަކީ ދެބެއިން

މިދިޔަ ހަފުތާގައި ކަރަން ޖޯހަރު ވަނީ މަގުބޫލު ފިލްމް ދޯސްތާނާގެ ސީކުއިލެއް ހަދާވާހަކަ އިއުލާންކޮށްފައެވެ. އަދި ފިލްމުން ފެނިގެންދާނެ އާ ކާސްޓުންވެސް ވަނީ އިއުލާންކޮށްފައެވެ. އޭގެ ތެރޭގައި ކާތިކް އާރްޔަން އާއި ޖާންވީ ކަޕޫރަކީ މެއިން ލީޑުން ކަމަށް ވަނީ ބުނެފައެވެ.

ދޯސްތާނާގެ ފުރަތަމަ ބައިގައި ޖޯން އަބްރަހަމް އަދި އަބީޝެކް ބަޗަން ލީޑުން ފެނިގެން ދާއިރު ބަތަލާއަކީ ޕްރިޔަންކާ ޗޯޕްރާއެވެ. ދެ ބަތަލުންވެސް އޭގައި އުޅުނީ ޕްރިޔަންކާ ކާމިޔާބު ކުުރުމަށެވެ. ނަމަވެސް ސީކުއިލް ތަފާތު ވާނެ އެވެ.

އެގޮތުން ކާތިކް އަދި ޖާންވީ ދޯސްތާނާ 2 ގައި ރޮމާންސް ކުރާތަން ފެނިގެން ނުދާނެކަމަށް ވެއެވެ، އެދެތަރިން ކުޅެނީ ބޭބެ އާއި ކޮއްކޮގެ ރޯލު ކަމަށް ފިލްމާ ގާތް ގުޅުން އޮންނަ ފަރާތަކުން ވަނީ މައުލޫމާތު ދީފައެެވެ. މި ފިލްމުގައި ކާތިކް އާއި ޖާންވީ މަސައްކަތް ކުރަނީ ދެން ހުންނަ ބަތަލު ހޯދުމަށެވެ.

ދެވަނަ ބަތަލު ގެ ނަން އަދި ހާމަކޮށްފައި ނުވާއިރު ރިޕޯޓުތައް ބުނާގޮތުގައި އަދި ވަކި މީހަކު ހޮވާފައެއް ނުވެއެވެ.