ރައީސް ނަޝީދު

އަންނަ އަހަރުން ފެށިގެން ބަޖެޓުގެ 15 ޕަސަންޓް ކަނޑައަޅަންޖެހޭނީ ޗައިނާގެ ލޯނުތައް ދައްކަން: ނަޝީދު

3

އަންނަ އަހަރުން ފެށިގެން ދައުލަތުގެ ބަޖެޓުގެ 15 ޕަސަންޓް ކަނޑައަޅަންޖެހޭނީ ޗައިނާގެ ލޯނުތައް ދައްކަން ކަމަށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ތިންކް ޓޭންކް އެނުއަލް ކޮންފަރެސްގައި ރައީސް ނަޝީދު އެހެން ވިދާޅުވެފައިވަނީ ސިނަމާލެ ބުރިޖުގެ މަޝްރޫއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ސިނަމާލެ ބުރިޖު 77 މިލިއަން ޑޮލަރަށް އަޅައިދިނުމަށް އިންޑިއާގެ ޖީއެމްއާރް ކުންފުނިން ހުށަހެޅި ނަމަވެސް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބުރިޖު އެޅުމުގެ މަސައްކަތް ހަވާލުކުރީ ޗައިނާ ކޮމިނިއުކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)އަށް ކަމަށެވެ. އެ މަޝްރޫއާ ގުޅިގެން އެ ކުންފުންޏަށް އެކަނިވެސް 300 މިލިއަން ޑޮލަރު ދައްކަން ޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދަރަނީގެ ގޮތުގައި ޗައިނާގެ ކުންފުނިތަކަށް 3.4 ބިލިއަން ޑޮލަރު ދައްކަން ޖެހިފައިވާ ކަމަށާއި އަންނަ އަހަރުން ފެށިގެން އެ ދަރަނިތައް ދެއްކުމަށް ބަޖެޓުގެ 15 ޕަސަންޓް ކަނޑައަޅަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ޗައިނާ އިން އެ މަސައްކަތުގެ ބިލްތައް ފޮނުވީ ބޮޑުކޮށް އަގު ޖަހާފައި ކަމަށާއި އެ މަސައްކަތުގެ އަގުވެސް މިހާރު ބޮޑު ކަމަށެވެ. އަދި ޗައިނާއަށް ދައްކަންޖެހިފައިވާ ލޯނުގެ އިންޓަރެސްޓް ބޮޑުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބަނާނާ

ހުސް ދޮގު. ހުސްދޮގު.

ހުވަދޫ މީހާ

އިންޑިޔާގެ ސިޓީއަކަށް ބަދަލުކުރައްވްނީ ނޫންތޯ؟ ތިލޯންތަކާއި މަނިކުފާނު ވިސްނަވާކަށް ނުޖެހޭނެ.... ރައްޔިތުން ގުނބޯ ހައްދަވަން ނޫޅުއްވާ!

ޞޮހޮލު

ތިއަށްވުރެ ބޮޑު އެއްޗެއް ޖީއެމްއާރަށް އެއްފަހަރުން ދައްކާނިންމާލި ވެރިއަކުވެސް ދުށިން.