އަމީތާބް ބަޗަން

ގުލާބޯ ސިތާބޯ ގައި އަމީތާބްގެ ލުކް ދައްކާލައިފި

އަމީތާބް ބަޗަން އަކީ އެކި ރޯލުތަކަށް ތަފާތު ލުކްތައް ބޭނުންކޮށްފައިވާ ތަރިއެކެވެ. މިވަގުތު އޭނާ އަންނަނީ ޝޫޖިދް ސިރްކާ ގެ ފިލްމު "ގުލާބޯ ސިތާބޯ" ގެ ޝޫޓިންގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ.

ފިލްމުގައި އަމީތާބް ކުޅޭ ރޯލުން އޭނާ ގެ ލުކް އާންމުންނަށް ފެނިގެންދިޔައީ ޝޫޓިން ތެރެއިން ފޮޓޯ ތަކެއް މީސްމީޑިއާގައި ލީކްކޮށްލުމުންނެވެ. އަމީތާބްގެ ރޯލަކީ ލޭންޑްލޯޑެއްގެ ރޯލެވެ. ފޮޓޮއިން ފެންނަގޮތުގައި އަމީތާބްހުރީ ދިގު ތުނބުޅިއެއް ލާފައެވެ. އަދި ބޮޑު އައިނެއްވެސް އަޅާފައެވެ. ފިލްމުގެ ޝޫޓިން ކުރިއަށް ދަނީ ލަކްނައުގައެވެ.

ފިލްމުގައި އަމީތާބްގެ އިތުރުން އަޔުޝުމަން ކުރާނާވެސް މުހިންމު ރޯލުން ފެނިގެންދާނެއެވެ. ފިލްމު ރިލީސްކުރަނީ 24 އޭޕްރިލް 2020ގައެވެ.