ބޮލީވުޑް

ނިކް އަށް ޝޮޕިންކޮށްދޭކަށް ނޭނގެ: ޕްރިޔަންކާ

ޕްރިޔަންކާ ޗޯޕްރާ އަދި ނިކް ޖޯނާސް އަކީ ކަޕަލް ގޯލްސް ދައްކުވައިދޭ ދެބައިވެރިންނެވެ. އަބަދުހެން ފަލަ ސުރުހީން މިދެބައިވެރިން ފެނިގެންދާއިރު ގިނަ ހަފުލާ އަދި ޗުއްޓީތަކެއްވެސް ވަނީ އެކީގައި ހޭދަކޮށްފައެވެ.

ޕްރިޔަންކާ ވަރަށް ފަހުން ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި ނިކްއަށް ޝޮޕިން ކޮށްދޭކަށް އޭނާއަކަށް ނޭނގެއެވެ. ޕްރިޔަންކާ ބުނީ އޭނާއަކީވެސް އެހާ ޝޮޕިންކުރާ ހިތްވާ މީހެއް ނޫންކަމަށެވެ. ފޮތް ފިޔަވައި ނިކް އަށް ގަނެދޭނެ އިތުރު އެއްޗެއް ނޭނގޭ ކަމަށް ޕްރިޔަންކާ ބުންޏެވެ. ނިކްއަކީ އޭނާ ލާ ހެދުމާއި ބޫޓު ވަރަށް ޗޫސީކޮށް ގަންނަ މީހެއް ކަމަށް ޕްރިޔަންކާ ވަނީ ފާހަގަކޮށްފައެވެ.

ނަމަވެސް ނިކް އަށް އެސަސަރީޒް ގަނެދޭ ކަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ.

ޖޯ ޖޮނާސް އަދި ސޮފީ ޓާނާގެ ދެވަނަ ކައިވެންޏަށްފަހު މި ދެބައިވެރީން ވަނީ ޕެރިސް ފެޝަން ވީކްގައި ބައިވެރިވެފައެވެ.

ޕްރިޔަންކާ އެންމެ އަވަހަށް ފެނިގެންދާނީ ޝޮނާލީ ބޯސްގެ ފިލްމު "ދަ ސްކައި އިސް ޕިނކް"އިންނެވެ. ފިލްމުގައި ފަރްހާން އަޚްތަރު އަދި ޒައިރާ ވާސިމް ލީޑް ރޯލުން ފެނިގެންދާނެއެވެ. ފިލްމު ރިލީސް ކުރަނީ އޮންޓޯބަރު މަހުގައެވެ.