ބޮލީވުޑް

ޑަބަންގް ތިނަކަށް ސަލްމާން ހަތް ކިލޯ ލުއި ކުރަނީ

ސަލްމާންގެ މުގްބޫލު ފްރެންޗައިޒް ފިލްމު ކަމަށްވާ ޑަބަންގް ތިނެއްގެ ޝޫޓިން ފެށުމަށް ހުރިހާ ތަރީން އަންނަނީ ތައްޔާރުވަމުންނެވެ.

މިފަހަރުގެ ފިލްމު ޑައިރެކްޓް ކުރަނީ ޕްރަބޫދޭވާއެވެ. ޕްރަބޫދޭވާ ވަނީ ސަލްމާން އާއެކު ފިލްމު "ވޯންޓަޑް" ގައިވެސް މަސައްކަތް ކޮށްފައެވެ.

ފިލްމުގެ ތިންވަނަ ބައިގައި ސަލްމާން ކުޅޭ ރޯލު "ޗުލްބުލް ޕާންޑޭ"ގެ ޒުވާން ދުވަސްވަރުގެ ވާހަކަތަކެއް ގެނެސްދެއެވެ. އެހެންކަމުން ސަލްމާން ޖެހެނީ އޭނާގެ ކެރެކްޓަރަށް ފިޓް ވުމުގެ ގޮތުން ހަތް ކިލޯ ލުއިކޮށް ޒުވާން ވާންށެވެ.

މިއީ މިދުވަސްވަރު ސަލްމާން ޖިމްގެ ފޮޓޯތައް މީސްމީޑިއާގައި މާގަދައަށް ހިއްސާކުރަ ސަބަބު ކަމުގައިވެސް ވެދާނެއެވެ.

ޑަބަންގް ތިނެއްގައިި ސޮނާކްޝީ ސިންހާ އަދި ސައުތްގެ ސުޕާ ސްޓާ ސުދީޕް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. ފިލްމު ރިލީސް ކުރަން ނިންމާފައި ވަނީ މިއަހަރުގެ ޑިސެމްބަރު 20ގައެވެ.