ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާ މަހައްމަދުގެ މައްސަލަ ނުބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ގާޒީ ހުޒައިފާގެ މައްސަލަ ނުބަލަން ޖޭއެސްސީން ނިންމީ މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައެވެ.
ޖޭއެސްސީން ބުނީ ކޮމިޝަނުން ތަހުގީގުކުރަމުންދާ އެ ކޯޓުގެ އެހެން ގާޒީއެއްގެ މައްސަލައަކާ ގުޅިގެން ތަހުގީގު ކޮމިޓީއަށް އެ ޝަކުވާއަކީ އެއްވެސް އަސާސެއް އޮތް ޝަކުވާއެއް ކަމަށް ފެނި، އެކަން ކޮމިޝަނާ ހިއްސާކޮށްފައިވާ ކަމަށެވެ.
ހުޒައިފާއާ ބެހޭގޮތުން ޝަކުވާ ހުށަހެޅުއްވި ފަރާތާ ގުޅޭ މައްސަލައެއް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހުށަހެޅުމުން، އެ މައްސަލަ ބަލައި ޑީޖޭއޭ އިން މައްސަލަ ހުށަހެޅުއްވި ފަރާތް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އެ ކޮމިޝަނާ ހިއްސާކުރުމުން، އެ މައްސަލަ ހިނގާފައިވާ ގޮތުން ވެސް ގާޒީ ހުޒައިފާގެ މައްސަލައެއް އޮތް ކަމަށް ނުފެންނަ ކަމަށް ޖޭއެސްސީން ވަނީ ނިންމައިފައެވެ.