ޚަބަރު

ބާ ކައުންސިލްގެ ރައީސް ކަމަށް މައުމޫނު ހަމީދު ވާދަކުރައްވަނީ

އިލެކްޝަންސް ކޮމިޝަނުން އިންތިހާބު ބާއްވަން ރައްޔާރުވަމުންދާ، ބާ ކައުުންސިލްގެ ރައީސް ކަމުގެ މަގާމަށް ކުރިމަތި ލެއްވުމަށް މަޝްހޫރު ގާނޫނީ ވަކީލް މައުމޫނު ހަމީދު ނިންމަވައިފިއެވެ.

އެކަން ހާމަ ކުރައްބައި މައުމޫނު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެކޮމިޝަންގެ މެންބަރުކަމަށް ކުރިމަތި ލެއްވުމަށް ނިންމަވައިފި ކަމަށާއި އެ ކައުންސިލް މިނިވަން ތަނަކަށް ހައްދަވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

މައުމޫނު ހަމީދުުގެ އިތުރުން، ގެއްލިފައިވާ މީހުންނާއި ގޮތްނޭނގޭ މަރުތައް ތަހުގީގު ކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވެސް އެ ކޮމިޝަންގެ ރައީސް ކަމަަށް ވާދަކުރެއްވުމަށް ވަނީ ނިންމަވައިފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، ބާ ކައުންސިލްގެ އިންތިހާބު އޮންނަނީ މި މަހުގެ 13 ވަނަ ދުވަހު ކަމަށެވެ.

ބާ ކައުންސިލަކީ ގާނޫނީ ފަންނުގެ ގާނޫނުން، ރާއްޖޭގެ ގާނޫނީ ވަކީލުންގެ އެންމެހާ ކަންކަން ކުރިއަށް ގެންދިއުމަށް އުފަައްދާ ކައުންސިލެކެވެ.

އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް އާއި ބަންޑާރަ ނައިބުގެ އިތުރުން އިތުރު ހަ މެމްބަރެކެވެ.

އިންތިހާބު ކުރެވޭ މަގާމުތަކަށް ބޭފުޅުން ހޮއްވަވާނީ ގާނޫނީ ވަކީލުންގެ ވޯޓަކުންނެވެ.