އެމްއެންޑީއެފް

ކާށިދޫ ފަޅުތެރެއަށް އަޑިއަށް ދިޔަ ދޯންޏެއް ފުންކުރުމަށް އެމްއެންޑީއެފުން އެހީތެރިވެއްޖެ

މާލެ އަތޮޅު ކާށިދޫ ފަޅުތެރެއަށް އަޑިއަށްދިޔަ މުދާ އުފުލާ ދޯންޏެއް ފުންކުރުމަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، އިއްޔެ ހަވީރު 5:55 ހާއިރު ކާށިދޫ ފަޅުތެރެއަށް ހުންގާނު ފެއިލްވެ، ރާޅެއް އަރައިގެން އަޑިއަށްދިޔަ ގޮސްފައިވަނީ 70 ފޫޓުގެ ''ލޮއިންސް'' ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ކަމަށެވެ.

އަދި އެދޯނި ފެންމަތި ކުރުމުގެ މަސައްކަތް މާލޭ އޭރިޔާގެ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް އެމްއެންޑީއެފުން ބުންޏެވެ.