ބިއުޓީ

ސޯނަމް ކަޕޫރުގެ ބިއުޓީ ޓިޕްސް

ބީ-ޓައުންގެ ފްލޯލެސް ތަރިންގެ ތެރޭގައި ހިމެނޭ ސޯނަމް ކަޕޫރަކީ ސިއްހަތަށް ފައިދާ ހުރި ކާނާ އާއި ޑައިޓް ފޮލޯކުރާ އަދި ގަވައިދުން ކަސްރަތު ކުރާ ތަރިއެކެވެ.

ސޯނަމް މިވަނީ އޭނާގެ ރީތިކަން ދަމަހައްޓަން ކުރާ މަސައްކަތުގެ ސިއްރުތައް އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާ ހިއްސާކޮށްފައެވެ.

ސޯނަމް ބުނި ގޮތުގައި އޭނާގެ ބިއުޓީ ސީކްރެޓަކީ "ލަވް އެންޑް ފްރެޝް އެއާ" އެވެ. ސޯނަމްގެ ސްކިން ކެއާ ރޫޓިން އަކީ ކޮބައިތޯ ފޭނެއް އެހުމުން އޭނާ ބުނި ގޮތުގައި އެއީ "ވިޓަމިން ސީ، ފެން، ސަން ބްލޮކް އަދި ނިދުމުގެ ކުރިން ގަވައިދުން މޫނުގައި ހުރި ހުރިހާ މޭކަޕެއް ފޮހުމެވެ".

ގުދުރަތީ ގޮތުންވެސް ސޯނަމްގެ ލޯކައިރި ކަޅެވެ. އެހެން ކަމުން ރައްކާތެރިވުމަށް ގަވައިދުން ކޮންސީލާ ބޭނުން ކުރާކަމަށް ސޯނަމް ބުންޏެވެ.

34 އަހަރުގެ ސޯނަމް ބުނީ އޭޝިއާ މީހުންގެ ހަމާ ގުޅޭ ފައުންޑޭޝަން ހޯދުމަކީ ފަސޭހަ ކަމެއް ނޫންކަމުން އޭނާ ބޭނުން ކުރަނީ އެކި ފަޑުންޑޭޝަނުގެ މިކްސް އެއް ކަމަށެވެ. ފައުންޑޭޝަނުގެ އިތުރުން ކޮންސީލާވެސް ބޭނުން ކުރަނީ އެގޮތަށް ކަމަށް ސޯނަމް ބުންޏެވެ. ހާއްސަކޮށް ޕީޗް އަންޑާޓޯންސް ހޯދަން ފަސޭހަ ނޫންކަން އޭނާ ފާހަގަކުރިއެވެ.

މީގެ އިތުރުން ބިއުޓީ ސްލީޕްގެ މުހިންމު ކަމަށްވެސް ސޯނަމް ވަނީ އަލިއަޅުވާލައިފައެވެ. އޭނާ ބުނި ގޮތުގައި ނިދުމުން ހަށިގަނޑުގެ ލޭތައް ހަމަށް ދައުރުވާން ފަށާކަމަށާއި ހޭލާއިރު އުޖާލާ ހަންގަނޑަކަށް ހޭލެވެނީ ރަނގަޅަށް ނިދިހަމަކޮށްލުމުން ކަމުގައެވެ.