ބޭންކް އޮފް މޯލްޑިވްސް

ގައުމީ ފުޓްބޯޅަ ޓީމުގެ އޮފިޝަލް ސްޕޮންސަރަކަށް އަނެއްކާވެސް ބީއެމްއެލް

މަރިޔަމް ޝަހުދާ

ގައުމީ ފުޓްބޯޅަ ޓީމުގެ އޮފިޝަލް ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް، (ބީއެމްއެލް) އިން އަނެއްކާވެސް ސޮއިކޮށްފި އެވެ.

ބީއެމްއެލް އިން ގައުމީ ފުޓްބޯޅަ ޓީމުގެ އޮފިޝަލް ސްޕޮންސަރެއްގެ ގޮތުގައި ސޮއިކުރީ މިއަދު ހެނދުނު ބީއެމްއެލް ހެޑް އޮފީހުގައި މިކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

ދެ އަހަރު ދުވަހުގެ މުއްދަތަކަށް ވެވުނު މި އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓަރ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ސޮއި ކުރެއްވި އިރު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

ފާއިތުވި ދެއަހަރު ދުވަހުގެ ގައުމީ ފުޓްބޯޅަ ޓީމުގެ އޮފިޝަލް ސްޕޮންސަރަކީވެސް ބީއެމްއެލް އެވެ.