ޚަބަރު

މަސްވެރިކަން ކުރަން އުޅެނިކޮށް ލޮލަށް ބުޅި ހެރުނު މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފި

މަރިޔަމް ޝަހުދާ

މަސްވެރިކަން ކުރަން އުޅެނިކޮށް ލޮލަށް ބުޅި ހެރުނު މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

މިމީހާ މިރޭގެ ވަގުތެއްގައި މާލެ ގެނެސްފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑް ސީ އެމްބިއުލެންސް އިން 20:45 ހާއިރެވެ. މިހާރު އިތުރު ފަރުވާއަށް މި މީހާ އައިޖީއެމްއެޗްއަށް ގެންދެވިފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދިނެވެ.

ލޮލަށް ބުޅި ހެރިގެން މާލެ ގެނެސްފައިވަނީ "ދިރާސާ" ނަމަކަށް ކިޔާ ފ. ފީއަލީގެ ދޯންޏެއްގައި ހުރި 57 އަހަރުގެ ދިވެއްސެއް ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދިނެވެ. މިހާދިސާ ހިނގާފައިވަނީ އދ. މަންދޫގެ ހުޅަނގުން 111 ނޯޓިކަލް މޭލު ބޭރުގައި މަސްބާނަމުން ދަނިކޮށެވެ. އަދި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބިފައިވަނީ މިއަދު ހެނދުނު 09:47 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.