އިސްލާމިކް މިނިސްޓްރީ

މިނާ ގްރޫޕަށް ފައިސާ ދެއްކި މީހުންނަށްވެސް މިއަހަރު ހައްޖަށް ދެވޭނެ: އިސްލާމިކް މިނިސްޓްރީ

މިއަހަރު ހައްޖަށް ދާން މިނާ ހައްޖު ގްރޫޕަށް ފައިސާ ދައްކާފައިވާ މީހުންނަށްވެސް މިއަހަރު ހައްޖަށް ދެވޭނެކަމުގެ ޔަގީންކަން ދޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔުމުގެ ހުއްދަ މިނިސްޓްރީން އަމިއްލަ ފަރާތްތަކަށް ދިން އިރު، ފުރިހަމަ ކުރަންޖެހޭ ބައެއް ކަންކަން ފުރިހަމަ ނުުކުރާކަމަށް ބުނެ، އެ ގުރޫޕަށް ހުއްދަ ނުދިނުމުގެ އިތުރުން، ހައްޖަށް ގެންދިއުމާ ގުޅޭގޮތުން މިނާ އިން ކުރަމުން އަންނަ މަސައްކަތްތައް ހުއްޓާލަން އެންގިއެވެ.

މިނިސްޓްރީން ބުނީ އެ ގްރޫޕުން ކުރިއަށްގެންދިޔަ މަސައްކަތްތައް ހުއްޓައިލަން އެންގީ އެ ގްރޫޕާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، އެކަމާގުޅޭ މައްސަލައެއް ބަލާކަން އޭސީސީން އަންގާފައިވީ ނަމަވެސް ހައްޖަށް ގެންދިއުމުގެ އެއްވެސް މަސައްކަތެއް ހުއްޓާލަން އެ ކޮމިޝަނުން ބުނެފައިނުވާ ކަމަށެވެ. އަދި މިނާ ހައްޖު ގްރޫޕަށް މިއަހަރު ފައިސާ ދައްކައި ކޯޓާ ކަށަވަރުކޮށްފައި ތިބި މީހުންނަށް ހައްޖަށް ދެވޭނެކަމުގެ ޔަގީންކަން ދޭ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.