Close
އަހްމަދު މަހްލޫފު

އަގު ނަގައިގެން ދޫކުރަމުން އައި މާފަންނު ސްޓޭޑިއަމް ޓާފް ދަނޑުތައް ހިލޭ ދޫކުރަން ނިންމައިފި

2

އަގު ނަގައިގެން ދޫކުރަމުން އައި މާފަންޑު ސްޓޭޑިއަމްގެ އުތުރު ފަރާތުގައި އޮންނަ ޓާފް ދަނޑުތައް ހިލޭ ދޫކުރަން ނިންމައިފި އެވެ.

ޔޫތު އެންޑް ސްޕޮޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ދާދި ދެންމެ ވިދާޅުވީ، އެ ޓާފް ދަނޑުތައް ހިލޭ ދޫކުރާނީ މިއަދުން ފެށިގެން ކަމަށެވެ.

"މާފަންނު ސްޓޭޑިއަމްގައި ގަޑިޔަކަށް 2000 ރުފިޔާ، 1000 ރުފިޔާ އަދި 500 ރުފިޔާ އަށް ދޫކުރަމުން ގެންދިޔަ ފުޓްސަލް ޓާފް މިއަދުން ފެށިގެން ހިލޭ ދޫކުރަން ނިންމި ވާހަކަ ދަންނަވަން." މަހުލޫފު ވިދާޅުވި އެވެ.

މަހުލޫފް އިތުރަށް ވިދާޅުވީ އެ ޓާފު ދަނޑުތައް މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް ދޫކޮށްފައި ވާނީ އެފްއޭއެމް އަށް ކަމަށާއި އެ ނޫން ގަޑިތަކުގައި ކުޅެން ދާން ބޭނުންވާ މީހުން ނަންނޯޓު ކުރާނީ ކުޅިވަރު އެކުވެނީގައި ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟