ބިއުޓީ

ހަންގަނޑު ރީތިކޮށް އޮމާންކޮށް ބެހެއްޓުމަށް ލޮނު

ލޮނު ސްކޮރަބް އަކީ ފަހުގެ "ކޫލް" އެވެ. ގިނަ ބަޔަކު ރީތި ވުމަށް ލޮނު ބޭނުން ކުރަން ފަށާފައިވާއިރު މި އާޓިކަލުގައި މި ބަލައިލަނީ ރީތިވުމަށް ލޮނު ބޭނުން ކުރެވިދާނެ ބައެއް ގޮތްތަކެވެ.

ލޮނުން ލިބިދޭ ފައިދާތައް ނުހަނު ގިނައެވެ. މޫނުގައި ނަގާ ބިހިން ރައްކާތެރިކޮށް މޫނު އޮމާން ކޮށްލެވޭއިރު، އޭގެ ސަބަބުން މޫނު ގްލޯވެސް ކުރެއެވެ.

އެންމެ ގިނައިން މިހާރު މީހުން ގަންނަ ބިއުޓީ ޕްރޮޑަކްޓްސް ތަކުގެ ތެރޭގައި ހިމެނެނީ ކޮރެއަން ބިއުޓީ ޕްރޮޑަކްޓްސްއެވެ. މީގެ ގިނަ ޕްރޮޑަކްޓްސް ތަކުގައި ލޮނުގެ މާއްދާ ހިމެނެއެވެ.

މޫނު ސާފު ކުރުމަށް

ގިނަ ބަޔަކަށް ނޭނގޭ ކަމަކީ ލޮނުގައި އެންޓިމައިކްރޯބިއަލް ޕްރޮޕަޓީސް ހިމެނޭކަމެވެ. މީގެ އިތުރުން ލޮނުގައި އެބްސޯބަންޓް މާއްދާވެސް ހިމެނެއެވެ. އެހެންކަމުން ލޮނުން މޫނުގެ ޑީޕް ކްލީނިންއެއް ކުރެވިދާނެއެވެ.

މޮއިސްޗަރައިޒިން

މިއީ ސީދާ ލޮނު މޫނުގައި ބޭނުން ކޮށްގެން މޮއިސްޗަރައިޒް ކުރުމެއް ނޫނެވެ. މުހިއްމީ ލޮނުގެ މާއްދާ ހިމެނޭ ޕްރޮޑަކްޓެއް ބޭނުން ކުރުމެވެ. ސީސޯލްޓް އަކީ ވަރަށް މޮޅު މޮއިސްޗަރައިޒަރެކެވެ. އަދި އޭގެން މޫނުގެ ރީތިކަން އިތުރުވަމުންދެއެވެ.

އިމްޕިއުރިޓީސް އޮބްސޯބް ކުރުމަށް

ލޮނަކީ ކުނި އަދި އިމްޕިއުރިޓީޒް ނައްތާލުމަށް ބޭނުން ކުރެވޭ މުހިންމު އެއްޗެކެވެ. އޭގެ އިތުރުން މޫނުގައި ހުންނަ ތެޔޮކަން ބެލެންސްކޮށްލައެވެ. ލޮނު މާއްދާ ހިމެނޭ ޓޯނާއެއް ގަވައިދުން ބޭނުން ކުރާނަމަ ހަންގަނޑު އިތުރަށް އުޖާލާ ވާނެއެވެ.

އެކްސްފޯލިއޭޓަރެއްގެ ގޮތުގައި ބޭނުން ކުރުން

ހަކުރެކޭ އެއްފަދައުން ލޮނަކީވެސް ރަނގަޅު އެކްސްޕޯލިއެންޓެކެވެ. މޫނުގައި މަރުވެފައިވާ ހުންނަ ހަންތައް ނައްތައިލުމަށް ލޮނު އެހީވެދެއެވެ. މީގެ އިތުރުން ހަންގަނޑު މަޑުވެ، މޫނުގެ ކުލަ އެއްވަރު ވެގެން ދެއެވެ.

ކޮންމެ މީހަކީ ވެސް ތަފާތު ހަމެއް ލިބިފައިވާ މީހެއް ކަމުން، މިކިޔައިދިން ބައެއް ކަންކަމަކީ ބައެއް މީހުނަށް ނުކުރެވޭނެ ކަންތައްތަކެވެ. ބައެއް މީހުނަށް ލޮނުން އެލާޖިކްވެސް ވެއެވެ. އެހެންކަމުން އަބަދުވެސް ޕެޗް ޓެސްޓެއް ހެދުން މުހިންމެވެ.

އަގުބޮޑު ބިއުޓީ ޕްރޮޑަކްޓްސް ގަނެގެން ބޭނުން ކުރުމުގެ ބަދަލުގައި ގެއިން ލިބެން ހުންނަ މިކަހަލަ އެއްޗެހިތަކުން ވެސް ބޭނުން ހިފުމަށް އާދަ ކުރަމާތޯއެވެ.