ދުނިޔެ

އިންޑިއާގެ ގައުމީ މަތިމަހުގެ ގޮތުގައި އަބިނަންދަންގެ މަތިމަސް ކަނޑައެޅުމަށް އެގައުމުގެ ގާނޫނުހަދާ މަޖިލީހަށް

މުހައްމަދު އައުޒަމް

އިންޑިއާގެ ގައުމީ މަތިމަހުގެ ގޮތުގައި އަބިނަންދަންގެ މަތިމަސް ކަނޑައެޅުމަށް އެގައުމުގެ ގާނޫނުހަދާ މަޖިލީހަށް ހުށަހަޅައިފިއެވެ.

ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަނުމުން އިންޑިއާގެ ދެ އަސްކަރީ މަތިންދާބޯޓު ބަޑިޖަހައި ވައްޓާލުމަށްފަހު ހިފެހެއްޓި ޕައިލެޓު އަބިނަންދަން ވަރުތަމަންގެ އަގުވަޒަން ކުރުމުގެ ގޮތުން އޭނާގެ މަތިމަސް އިންޑިއާގެ ގައުމީ މަތިމަހުގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅީ ކޮންގްރެސް ޕާޓީގެ މެންބަރު، އަދީރް ރަންޖަން ޗައުދަރީ އެވެ.

އަބިނަންދަންގެ މަތިމަސް އިންޑިއާގެ ގައުމީ މަތިމަހުގެ ގޮތުގައި ކަނޑައެޅުމަށް ހުށަހެޅުމަށްފަހު އަދީރް ވަނީ އަބިނަންދަންގެ ގައުމީ މަސައްކަތް ފާހަގަކޮށް އޭނާއަށް އެވޯޑެއް ދޭންޖެހޭކަމަށް ވެސް ބުނެފައެވެ.

ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ހުއްދަ ނުހޯދައި ވަނުމުގެ ސަބަބުން އަބިނަންދަން ދުއްވަމުންދިޔަ އަސްކަރީ މަތިންދާބޯޓަށް ބަޑިޖަހައި ވައްޓާލުމަށްފަހު ޕާކިސްތާނުން ވަނީ އޭނާ ހިފަހައްޓާފައެވެ. އަދި ދެގައުމު ދެމެދު ވާހަކަ ދެއްކުމަށްފަހު މިދިޔަ މާޗް މަހު އެއްވަނަ ދުވަހު އަބިނަންދަނީ އިންޑިއާއާ ހަވާލުކޮށްފައެވެ.