މުނިފޫހިފިލުވުން

މަލަންޖްގެ ޝޫޓިން ތެރެއިން ދިޝާއަށް އަނިޔާވެއްޖެ

ފިލްމު ބާރަތުގައި ދިޝާ ޕަޓަނީ ކުޅުނު ރޯލަށް ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. މިއީ ސަލްމާން އާއެކު ދިޝާ ފެނިގެން ދިޔަ ފުރަތަމަ ފަހަރެވެ.

މިހާރު ދިޝާ އަންނަނީ ފިލްމު މަލަންގެ ޝޫޓިން ގެ މަސައްކަތް ކުރަމުންނެވެ. އަދިތްޔަ ރޯއީ ކަޕޫރާއި ކުނާލް ކެއްމޫ ވެސް ލީޑް ރޯލުން ފެނިގެންދާ މި ފިލްމުގެ ޝޫޓިން މުމްބާއީ ގައި ކުރިއަށް ދަނިކޮށް ދިޝާއަށް ވަނީ އަނިޔާވެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމުގެ ސީކުއިންސެއް ކުޅެމުން ދަނިކޯށް ދިޝާއަށް އަނިޔާވުމުގެ ސަބަބުން ވަނީ ފަރުވާ ދީފަ އެވެ. އަދި ޝެޑިއުލާ އެއްގޮތަށް އޭނާ އެނބުރި ޝޫޓިން ތަަކަށް ނިކުންނާނެއެވެ.

ބާރަތުގެ ޝޫޓިން ތެރެއިންވެސް ދިޝާއަށް ވަނީ އަނިޔާވެފައެވެ. އޭރު ސްޓަންޓެއް ޖައްސަނިކޮށް އަނިޔާވީ އޭނާގެ ފަޔަށެެވެ.

މަލަންގް ޑައިރެކްޓް ކުރަނީ މޯހިތު ސޫރީއެވެ. ރިލީސް ކުރަނީ 2020 ފެބްރުއަރީގައެވެ.