މުދާ އުފުލާ ބޯޓަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.
ރޭ 00:46 ހާއިރު މި ހާދިސާ ހިނގާފައިވަނީ ނޯތު ހާބަރާ ދިމާލުންނެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި އެކްސިޑެންޓު ހިނގާފައި ވަނީ ނޯތު ހާބަރާ ދިމާލުން ވަންނަން ދިޔަ މުދާ އުފުލާ ބޯޓަކާއި ދޯންޏެއް ޖެހި އެވެ. މިހާރު މެރިން ޕޮލިހުން އެ ބޯޓު ނޯތު ހާބަރަށް ވައްދާފައިވާކަމަށް ފުލުހުން މައުލޫމާތު ދިނެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
މި މައްސަލައިގައި ބޯޓު ދުއްވަން އިން މީހާ އަތުގައި ލައިސަންސް އޮތް ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. މިހާރު ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.