ދުނިޔެ

"ދަ ރޯޔަލް ފައުންޑޭޝަން" އިން ޕްރިންސް ހެރީ އަދި މޭގަން ވަކިވެވަޑައިގެންފި

ޕްރިންސް ހެރީ އަދި މޭގަން މާކަލް، ޕްރިންސް ވިލައަމް އަދި ކޭޓް މިޑިލްޓަން އާ ގުޅިގެން ކުރިއަށް ގެންދާ ޗެރިޓީ އިން ވަކިވެވަޑައިގެންފިއެވެ.

ބުރާސްފަތި ދުވަހު ޝާހީ ގަނޑުވަރުން ނެރެފައިވާ ބަޔާނުގައި ވާގޮތުން "ދަ ރޯޔަލް ފައުންޑޭޝަން" ކުރިއަށް ދާނީ ޑޫކް އެންޑް ޑަޗަސް އޮފް ސުސެކްސް ނުހިމަނައެވެ. (ޕްރިންސް ހެރީ އަދި މޭގަން ނުލައެވެ).

ދުވަހު ނޫސް، ދަ މިރޯގައި ޝާއިއު ކޮށްފައިވާ މި ބަޔާނުގައި ވާގޮތުގައި ދެބެއިން އެކީގައި ކުރިއަށް ގެންދިޔަ އެ ފައުންޑޭޝަނުގެ ނަންވެސް މިއަހަރު ފަހުކޮޅު "ދަ ރޯޔަލް ފައުންޑޭޝަން އޮފް ޑޫކް އެންޑް ޑަޗަސް އޮން ކޭމްބްރިޖް" އަށް ބަދަލު ކުރެވިގެން ދާނެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވާގޮތުގައި ޕްރިންސް ހެރީ އަދި މޭގަން ވަކިން އަމިއްލަ ޗެރިޓީ ފައުންޑޭޝަނެއް ވަރަށް އަވަހަށް ހުޅުއްވައިދެއްވާނެ އެވެ. އޭގެ އޮޕަރޭޓިން ސަޕޯޓް "ދަ ރޯޔަލް ފައުންޑޭޝަނުން" ދޭނެ ކަމަށްވެސް ބަޔާނުގައި ވެއެވެ. އަދި މި ދެ ފައުންޑޭޝަން ގުޅިގެން ކުރިއަށް ހުރި ޕްރޮޖެކްޓްސް ތަކުގައި މަސައްކަތް ކުރާނެކަމަށްވެއެވެ. އޭގެ ތެރޭގައި އެ ފައުންޑޭޝަނުން ހިންގަމުން އަންނަ މެންޓަލް ހެލްތް ޕްރޮގްރާމް ހިމެނެއެވެ.

މީގެ ކުރިން މިހަތަރު ބޭފުޅުންނަށް އެކީގައި "ފެބް ފޯ" ގެ ގޮތުގައި ނަންވަނީ ދެވިފައެވެ. ނަމަވެސް އަލަތު ދަރިއެއް ލިބިވަޑައިގެންފައިވާ ޑޫކް އެންޑް ޑަޗަސް އޮފް ސުސެކްސް މިހާރު އަންނަނީ ގިނަ ކަންކަމުން ޝާހީ ޚާންދާނާ ވަކިވެވަޑައިގަންނަވަމުންނެވެ.