ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލުވާން ގެއްލުވާލި މައްސަލައިގެ ތުހުމަތުކުރެވޭ މީހަކު ބަންދުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބުދުﷲ ދީދީ މީހަކާ މުއާމަލާތްކޮށްފައިވާކަން ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގެ "ސަސްޕެކްޓް 1"ގެ ފޯނުން ފުލުހުން ހޯދި ފޮރެންސިކް ހެކިން ހާމަވެފައިވާކަމަށް، ފުލުހުންނާ ހަވާލާދީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.
ފުލުުން ތަހުގީގު ކުރަމުން އަންނަ، ފަނޑިޔާރު އަބުދުﷲ ދީދީގެ މައްސަލައަކާ ގުޅިގެން، ޖޭއެސްސީން އިސްނަގައިގެން ދަރުބާރު ގޭގައި މިހާރު ކުރިއަށް ގެންދާ ތަހުގީގުގައި، ފަނޑިޔާރު ދީދީގެ މައްސައިގެ ތަހުގީގާ ބެހޭގޮތުން، ޖޭއެސްސީއަށް ފުލުހުން ލިޔުމުން ދީފައިވާ މައުލޫމާތު، މައްސަލަ ރައްދުވާ ފަރާތަށް އިއްވަވަމުން ޖޭއެސްސީގެ މެންބަރު ހިސާން ހުސައިން އިއްވެވި ސިޓީގައި ބުނެފައިވަނީ، ނޫސްވެރިޔާ ރިލްވާން ގެއްލުވައިލި މައްސަލާގައި ތަހުގީގަށް ފުލުހުން ހައްޔަރުކޮށްފައި ހުރި ސ. ހުޅުދޫ އަތިރީއާގޭ މުހައްމަދު ސުވެއިދާއި، ސ. މީދޫ އަބްދުﷲ ހައިޝަމް ބަންދުން ދޫކުރެވޭނެ އިންތިޒާމް ހަމަޖައްސަން މާލޭގެ ކުށުގެ މާހައުލުގައި އުޅޭ ކަމަށް ފާހަގަކުރެވިފައިވާ މީހަކު ފަނޑިޔާރާ މުއާމަލާތް ކުރަމުން އައިސްފައިވާ ކަމަށާއި، ފަނޑިޔާރު ދީދީ އެ މައްސަލާގައި ހިމެނޭ ސުވެއިދު ދޫކޮށްލާފައިވަނީ އެ ދެ މީހުންގެ މައުލޫމާތު އެ މީހާ ފަނޑިޔާރާ ހިއްސާކޮށްފައި ވަނިކޮށް ކަމަށެވެ.
ހިސާން އިއްވެވި ފުލުހުންގެ ސިޓީގައި ކޮރަޕްޝަނާބެހޭ ވަރަށްގިނަ ތުހުމަތުތަކެއް ވެސް ފުލުންގެ ސިޓީގައި ވަނީ ކޮށްފައެވެ.
އޭގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މަައްސަލަ އާ ގުޅުންހުރި ތުހުމަތުތަކެއް ވެސް ހިމެނެ އެވެ.