ދިރާގު

ދިރާގު މޯބައިލް ނެޓްވޯކަށް މައްސަލަތަކެއް ދިމާވެއްޖެ

ދިރާގުގެ މޯބައިލް ނެޓްވޯކަށް މައްސަލަތަކެއް ދިމާވެއްޖެ އެވެ.

މިއަދު ހެނދުނުއްސުރެ 6:45 ހާއިރުން ފެށިގެން ދިރާގުގެ ނަންބަރުތަކުން އެއްވެސް އެހެން ނަންބަރަކަށް ފޯނެއް ނުކުރެވެ އެވެ. އަދި މޯބައިލް ޑޭޓާވެސް ބޭނުމެއް ނުކުރެވެ އެވެ. ނަމަވެސް އޭގެ ގަޑިއެއްހާ އިރު ފަހުން، ކޮންމެވެސް ވަރަކަށް ރަނގަޅުވެ ބައެއް ފަހަރު ގުޅޭގޮތްވި އެވެ. އޭގެ ފަހުން އަނެއްކާވެސް އެއްކޮށް ގުޅުންތައް ކެނޑުނެވެ. އަދި މިހާރު އަނެއްކާވެސް ބައެއް ނަންބަރުތަކަށް ގުޅެ އެވެ. ނަމަވެސް މައްސަލަ މުޅީން ހައްލުވީކަން ޔަގީނެއް ނުވެ އެވެ.

ދިރާގުގެ ސީނިއަރ މެނޭޖަރ، ބްރޭންޑް އެންޑް މާކެޓިން ކޮމިޔުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން، "ވަން އޮންލައިން" އަށް ދާދި ދެންމެ ވިދާޅުވީ މޯބައިލް ނެޓްވޯކަށް ދިމާވެގެން އުޅޭ ޓެކްނިކަލް މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ވަން އޮންލައިން އަށް އެނގިފައިވާ ގޮތުގައި، ދިރާގުގެ މޯބައިލް ނެޓްވޯކަށް މި ދިމާވި މައްސަލައާ ގުޅިގެން ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ވަނީ މި ޚީދުމަތް މެދުކެނޑިފަ އެވެ. ދިރާގު ނަންބަރަކުން އެހެން ނަންބަރަކަށް ގުޅުމުން ލިބެނީ އިނގެރޭސި ބަހުން އަންނަ ރެކޯޑްކޮށްފައިވާ މެސެޖެކެވެ.