ދުނިޔެ

ސްކައިޓްރެކްސް ވޯލްޑް އެއާލައިން އެވޯޑްސް 2019: އެއްވަނަ އެއާލައިނަކަށް ގަތަރު އެއާވޭސް

މުހައްމަދު އައުޒަމް

ސްކައިޓްރެކްސް ވޯލްޑް އެއާލައިން އެވޯޑްސް 2019ގެ އެއްވަނަ އެއާލައިނަކަށް ގަތަރު އެއާވޭސް ހޮވިއްޖެއެވެ.

ޕެރިސް އެއާ ޝޯވްގައި ބޭއްވި ސްކައިޓްރެކްސް ވޯލްޑް އެއާލައިން އެވޯޑްސް 2019ގެ ހާއްސަ ރަސްމިއްޔާތުގައި ދުނިޔޭގެ އޭވިއޭޝަން ދާއިރާގެ ފުންނާބު އުސް އެތަކެއް ފަރާތެއް ބައިވެރިވެފައި ވެއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުން 21 މިލިޔަނަށްވުރެ ގިނަފަރާތްތަކުން ސްކައިޓްރެކްސް ވޯލްޑް އެއާލައިން އެވޯޑްސް 2019ގައި ވޯޓުދީފައިވެއެވެ.

މިއަހަރު އެއްވަނަ އެއާލައިނަކަށް ގަތަރު އެއާވޭސް ހޮވިފައިވާއިރު މިއީ ގަތަރު އެއާވޭސް އިން މިކާމިޔާބީ ހޯދި ފަސްވަނަ ފަހަރެވެ. ގަތަރު އެއާވޭސް ވަނީ 2011، 2012، 2015، 2017 ވަނަ އަހަރުވެސް އެއްވަނަ ހޯދައިފައެވެ. މިދިޔަ އަހަރު މިވަނަ ހާސިލްކޮށްފައިވަނީ ސިންގަޕޯ އެއާލައިންސް އިންނެވެ.

ސްކައިޓްރެކްސް ވޯލްޑް އެއާލައިން އެވޯޑްސް 2019ގައި މިފަހަރު ބެސްޓް އިކޮނޮމީ ކްލާސް ހޮވިފައިވަނީ ޖަޕާން އެއާލައިންސްއެވެ. ބެސްޓް ކެބިން ސްޓާފް ހޮވިފައިވަނީ ސިންގަޕޯ އެއާލައިންސްއެވެ. ބެސްޓް ފަސްޓް ކްލާސް ހޮވިފައިވަނީވެސް ސިންގަޕޯ އެއާލައިންސްއެވެ. ބެސްޓް ބަޖެޓް އެއާލައިނަކަށް ހޮވިފައިވަނީ އެއާ އޭޝިއާއެވެ.

1999 ވަނަ އަހަރުން ފެށިގެން ސްކައިޓްރެކްސް އިން ވޯލްޑް އެއާލައިން އެވޯޑްސް ދޭން ފަށާފައިވާއިރު މިއީ ދުނިޔޭގައި ދެވޭ މިފަދަ އެންމެ ބޮޑު އެއް އެވޯޑެވެ.