ވިޔަފާރި

އުރީދޫގެ އެމް-ފައިސާ ހިދުމަތަށް ޓެލެކޮމް އޭޝިއާ އެވޯޑުގައި މޯސްޓް އިނޮވޭޓިވް ޕޭމަންޓް ސޮލިއުޝަން އެވޯޑު ލިބިއްޖެ

މަރިޔަމް ޝަހުދާ

އުރީދޫގެ އެމް-ފައިސާ ހިދުމަތަށް ޓެލެކޮމް އޭޝިއާ އެވޯޑުގައި މޯސްޓް އިނޮވޭޓިވް ޕޭމަންޓް ސޮލިއުޝަން އެވޯޑު ލިބިއްޖެ އެވެ.

މޯސްޓް އިނޮވޭޓިވް ޕޭމަންޓް ސޮލިއުޝަން އެވޯޑު ލިބުމުގެ އިތުރުން ޓެލެކޮމް އޭޝިއާ އެވޯޑް 2019ގައި އުރީދޫ މޯލްޑިވްސް ވަނީ އިތުރު ތިން އެވޯޑެއްގެ ފައިނަލިސްޓް ގޮތުގައި ޝޯޓްލިސްޓް ވެފައެވެ. އެއީ ބެސްޓް އެމާޖިންގް މާކެޓް އޮޕަރޭޓަރ، މޯސްޓް އިނޮވޭޓިވް ކޮމިއުނިޓީ ޓެލެކޮމް ޕްރޮޖެކްޓް އަދި މޯސްޓް އިނޮވޭޓިޓް ސޯޝަލް މީޑިއާ ސްޓްރެޓެޖީ ގެ އެވޯޑަށެވެ.

އުރީދޫއަށް ޓެލެކޮމް އޭޝިއާ އެވޯޑްގައި ލިބުނު ކާމިޔަބީއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު ނަޖީބް ހާން ވިދާޅުވީ އުރީދޫއިން އަބަދުވެސް ބަލަނީ ކަމެއް އީޖާދުކޮށް އުފެއްދުންތެރިކަން ގެނައުމަށް ކަމަށެވެ. އަދި މި ފަދަ ބައިނަލްއަގްވާމީ އެވޯޑެއް އުރީދޫއަށް ލިބުމަކީ އުރީދޫގެ ޓީމް އެކަމަަށް ފަހުރުވެރިވާ ކަމެއް ކަމުގައި ނަޖީބް ވިދާޅުވިއެވެ.

ޓެލެކޮމް އޭޝިއާ އެވޯޑަކީ ޓެލެކޮމް ދާއިރާއަށް ހާއްސަކޮށްގެން މި ސަރަހައްދުގައި ކުރިއަށް ގެންދާ އެންމެ ދުވަސްވީ އަދި އެންމެ ފަހުރުވެރި އެވޯޑެވެ.