ސެމްސަންގް

ފައިވް ޖީ ލިބޭ ސެމްސަން 10 އަންނަ މަހު ބާޒާރަށް ނެރެނީ

އެޕަލްއެކޭ އެއް ގޮތަށް ސެމްސަންގް ވެސް ގެލެކްސީ އެސް 10 މޮލެޑްގެ ޓްރިއޯ ހެދުމަށް މަސައްކަތް ކުރާއިރު ވަރަށް އަވަހަށް 5 ޖީ ވަރޝަން އެމެރިކާގައި ލޯންޗް ކުރަން އެކުންފުނިން ނިންމައިފި އެވެ.

ބްލޫމްބާރގް ގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި އެސް 10 ގެ ސައިޒް އެސް 9 ގެ ސައިޒާ މާބޮޑު ތަފާތެއް ނުހުންނާނެ އެވެ. ފޯނުގެ ފަހަތުގައި ތިން ކެމެރާ ހުންނަ އިރު ފްރޮންޓް ކެމެރާ ސްކްރީން ތިރީގައި ހުންނާނެއެވެ.

ހަބަރުތައް ބުނާ ގޮތުގައި ފޯނުގެ ލެޑް ސްކްރީން ދެފަޅިން ވެސް ކާރވް ވެފައި، ފޯނުގެ ކަންތައް ވަށް ވާނެއެވެ. އަދި މީގެ އިތުރުން ފިންގަރ ޕްރިންޓް ސެންސަރުވެސް ޑިސްޕްލޭގެ ތިރީގައި ހުންނާނެވެ.

އެޕަލްގެ އައިފޯން އެކްސް މެކްސް އަދި ބަޖެޓް ފޯނު އެކްސް އާރް އާ އެއްގޮތް ކުރުމުގެ ގޮތުން ސެމްސަންގް އިންވެސް އެސް 10 ގެ "ޕްލަސް" އަދި އަގުހެޔޮ ފޯނެއްގެ ގޮތުގައި ކަން ވަށް ނުކޮށް ނުވަތަ ފިންގަރ ޕްރިންޓް ނުލާ ފޯނެއް ނެރެދާނެ ކަމުގެ ހަބަރުވެސް ބްލޫމްބާރގް ގައި ވަނީ ރިޕޯޓުކޮށްފައެވެ. ހެޑްފޯން ޖެކް ނުލައިވެސް ފޯނެއް ރިލީސްކޮށްފާނެ ވާހަކަތައް ވަނީ ފެތުރިފައެވެ.

މީގެ އިތުރުން އެމެރިކާގައި އެސް 10 ގެ 5ޖީ ފޯނެއް ލޯންޗް ކުރުމަށް ވެރިޒޯން އާ އެކީ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ބްލޫމްބާރގް ގެ ރިޕޯޓުގައި އިތުރަށް ބުނެފައިވާ ގޮތުގައި ސެމްސަންގް އިން ފޯލްޑަބަލް ފޯނު މި ނޮވެމްބަރުގައި ނެރެފާނެ ކަމަށް ދެކެވުނު ވާހަކަ ހަގީގަތަކަށް ނުވުން ގާތެވެ. އެއީ ފޯނުގެ ޑިޒައިނަރުންނަށް އެ ފޯން ފޯލްޑް ކުރަންވީ ހޮރިޒޯންޓަލީ ތޯ ނުވަތަ ވަރޓިކަލީ ތޯ ނުނިންމޭތީ ކަމަށްވެ އެވެ. އެ ފޯނުގައި ފިންގަރ ޕްރިންޓް ސެންސަރު ނުހިމެނޭނެއެވެ. ނަމަވެސް އިތުރު ހަތަރު އިންޗީގެ ސްކްރީނެއް ހުންނާނެ ކަމަށާއި އޭގެން މެސެޖް އަދި އީމެއިލް ފޯނު ނުހުޅުވައި ބަލައިލެވޭނެ ކަމަށް ވެސް ބްލޫމްބާރގް އިން ރިޕޯޓް ކުރެއެވެ.

ހަބަރުތައް ބުނާ ގޮތުގައި ފޯނުގެ އޯލެޑް ސްކްރީން ދެފަޅިން ވެސް ކާރވް ވެފައި، ކަންތައް ވަށް ވާނެއެވެ. އަދި މީގެ އިތުރުން ފިންގަރ ޕްރިންޓް ސެންސަރުވެސް ޑިސްޕްލޭ ތިރީގައި ހުންނާނެވެ.

އެޕަލްގެ އައިފޯން އެކްސް މެކްސް އަދި ބަޖެޓް ފޯނު އެކްސް އާރް އާ އެއްގޮތް ކުރުމުގެ ގޮތުން ސެމްސަންގް އިންވެސް އެސް 10 ގެ "ޕްލަސް" އަދި އަގުހެޔޮ ފޯނެއްގެ ގޮތުގައި ކަންތައް ވަށް ނުކޮށް ނުވަތަ ފިންގަރ ޕްރިންޓް ނުލާ ފޯނެއް ނެރިދާނެ ކަމުގެ ހަބަރުވެސް ވަނީ ބްލޫމްބާރގް ގައި ފާހަގަ ކޮށްފައެވެ. ހެޑްފޯން ޖެކް ނުލާވެސް ފޯނެއް ރިލީސްކޮށްފާނެ ވާހަކަތައްވެސް ވަނީ ފެތުރިފައެވެ.

މީގެ އިތުރުން އެމެރިކާގައި އެސް 10 ގެ 5ޖީ ފޯނެއް ލޯންޗް ކުރުމަށް ވެރިޒޯން އާއި އެކީ މަސައްކަތް ކުރަމުން ދާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ބްލޫމްބާރގް ގެ ރިޕޯޓުގައި އިތުރަށް ބުނެފައިވާ ގޮތުގައި ސެމްސަންގް އިން ފޯލްޑަބަލް ފޯނު މި ނޮވެމްބަރުގައި ނެރެފާނެ ކަމަށް ދެކެވުނު ވާހަކަށް ހަގީގަތަށް ނުމުވާ ގާތް ކަމަށެވެ. އެއީ ފޯނުގެ ޑިޒައިނަރުންނަށް އަދި އެ ފޯން ފޯލްޑް ކުރަންވީ ހޮރިޒޯންޓަލީ ތޯ ނުވަތަ ވަރޓިކަލީ ތޯ ނުނިންމޭތީ އަދި އެ ފޯނު ވަނީ ޑިޒައިންނުކޮށް މަޑުޖައްސާލާފައެވެ. މި ފޯނުގައި ފިންގަރ ޕްރިންޓް ސެންސަރ ނުހިމެނޭނެއެވެ. ނަމަވެސް އިތުރު 4 އިންޗިގެ ސްކްރީނެއް ހުންނާނެ ކަމަށާއި އޭގެން މެސެޖް އަދި އީމެއިލް ފޯނު ނުހުޅުވާ ބަލާލެވޭނެ ކަމަށް ބްލޫމްބާރގް އިން ރިޕޯޓް ކުރެއެވެ.

މިމަހު ކުރީކޮޅު ސެމްސަންގް ގެ ސީއީއޯ ޑީޖޭ ކޯ އިއުލާން ކޮށްފައިވާ ގޮތުގައި ސެމްސަންގް އިން ނެރޭ ފޯލްޑަބަލް ޑިވައިސް އަކީ ޓެބްލެޓެއް ކަމަށާއި އެއީ މަލްޓި ޓާސްކިން ކޭޕަބިލިޓީ ހުންނާނެ ޑިވައިސް އަކަށް ވެގެންދާނެ އެވެ.