ޔޫރަޕިއަން ޔޫނިއަން

އީޔޫ އިން ރާއްޖެއާ ދެކޮޅަށް އަޅާފައިވާ ހުރިހާ ފިޔަވަޅުތަކެއް އުވާލައިފި

މަރިޔަމް ޝަހުދާ

1

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއާ ދެކޮޅަށް އަޅާފައިވާ ހުރިހާ ފިޔަވަޅުތަކެއް އުވާލައިފި އެވެ.

އީޔޫގެ ކައުންސިލުން މިކަން އިއުލާނުކޮށްފައިވަނީ އެ ކައުންސިލުން އާންމުކުރި ނޫސްބަޔާނެއްގައެވެ. އީޔޫއިން ބުނި ގޮތުގައި ރާއްޖެއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ގޮތުން އެކުލަވާލާފައިވާ ފްރޭމްވޯކްތައް އުވާލީ އީޔޫ ކައުންސިލުގައި ހިމެނޭ ހުރިހާ ގައުމެއްގެ އިއްތިފާގުންނެވެ. މިކަމަށް އީޔޫ ކައުންސިލުން ވޯޓު ނަގާފައިވަނީ ސިއްރު ވޯޓަކުންނެވެ.

މިއަދު ރާއްޖެއާ ދެކޮޅަށް ދަތިކުރުމުގެ ގޮތުން އެކުލަވާލި ފްރޭމްވޯކް އުވާލާފައިވަނީ ރާއްޖޭގެ ހާލަތު ކުރިއަށް ވުރެ ރަނގަޅުވުމާ ގުޅިގެން ކަމަށް އީޔޫއިން ބުނެއެވެ. އީޔޫ އިން ބުނި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެ ވަޑައިގަތް ފަހުން ރާއްޖޭގެ ސިޔާސީ މަލަމަތި ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. އަދި އީޔޫގެ މިއަދުގެ ނިންމުމުގެ ފަހަތުގައި ޑިމޮކްރަސީގެ އުސޫލުތަކާއި އެއްގޮތަށް އަމާންކަމާއެކު ފާއިތުވި ރިޔާސީ އިންތިހާބުގެ ދައުރެއްވާ ކަމަށް އީޔޫއިން ބުނެއެވެ.

އީޔޫ އިން ރާއްޖެއާ ދެކޮޅަށް ދަތިކުރުމުގެ ގޮތުން ފްރޭމްވޯކެއް އެކުލަވާލާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 16ގައެވެ.

ބުއްޅަބޭ

ތިފިޔަޅު އެޅުމުން ވީކަމެއް ހަރާމް. ނައްތާލުމުން ވާނެ ކަމެއް ހަރާމް. ވަރަށް ސަލާމް އީޔޫއަށް.