ބޮލީވުޑް

"ލަޔަން ކިންގް"ގެ ހިންދީ ފިލްމަށް އަޑު އަޅަނީ ޝާހުގެ ދެބަފައިން

ޑިޒްނީގެ "ދަ ލަޔަން ކިންގް" އަކީ ކުޑަކުދީންނާއި ބޮޑެތި މީހުންގެ މެދުގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކާޓޫނެކެވެ. އެ ކާޓޫނަށް ފިލްމެއް ހަދާކަަން އިއުލާންކޮށް ފިލްމުގެ ޓްރެއިލާ ރިލީސް ކުރުމާއެކު ފިލްމަށް އިންތިޒާރު ކުރަމުން އަންނަ މީހުން ވަރަށް ގިނައެވެ.

ބޮލީވުޑަށްވެސް މިއޮތީ އުފާވެރި ހަބަރެކެވެ. ފިލްމުގެ ހިންދީ ވާޝަނެއް ރިލީސް ކުރަން ނިންމާފައިވާއިރު ފިލްމަށް އަޑު އަޅަނީ ބޮލީވުޑްގެ ބާދްޝާ ޝާހު ރުޚް ޚާން އަދި އޭނާގެ ދަރިފުޅު އާރްޔަން ކަން މިވަނީ ހާމަވެފައެވެ.

ޝާހު އަޑައަޅަނީ ފިލްމުގެ ލީޑް ކަމުގައިވާ ކިންގް އޮފް ޖަންގަލް - ލަޔަން މުފާސާ އަށެވެ. އަދި އާރްޔަން އަޑު އަޅަނީ މުފާސާގެ ދަރިފުޅު އަދި ލީޑް ކެރެކްޓަރެއް ކަމަށްވާ ސިމްބާ އަށެވެ.

ދަ ލަޔަން ކިންގް ރިލީސް ކުރަނީ 19 ޖުލައި ގައެވެ. ފިލްމު ރިލީސް ކުރަނީ އިނގިރޭސި، ހިންދީ، ޓެމިލް އަދި ޓެލްގޫ ބަހުންނެވެ.