ޑރ. މުހައްމަދު ޖަމީލް އަހްމަދު

ގާނޫނު ނެގެހެއްޓުމުގައި މިހާރުގެ އެޓާނީ ޖެނެރަލް ފާޅުގައި އިހުމާލުވުމަކީ ބޮޑު މައްސަލައެއް: ޑރ ޖަމީލު

1

ގާނޫނު ނެގެހެއްޓުމުގައި މިހާރުގެ އެޓާނީ ޖެނެރަލް ފާޅުގައި އިހުމާލުވުމަކީ ބޮޑު މައްސަލައެއްް ކަމަށް ކުރީގެ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޑރ ޖަމީލު ވިދާޅުވީ ދިވެހި ގައުމުގެ މުޅީ ދުސްތޫރީ ނިޒާމަކީ ރައްޔިތުންގެ މިލްކެއް ކަމަށާއި މޮޑޭ ފުށްގަނޑެއް ގޮތަށް އެއިރަކު ހުންނަ ބަންޑާރަ ނައިބު އިސްވެ ހުރެ ކޯޓުތަކަށް ގޮން ޖައްސަވައި ބޭނުންގޮތެއް ހައްދަވައިގެން ނުވާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައެއް ތަހުގީގުކުރަމުން އަންނާތީ، އޭނާ ސަސްޕެންޑް ކުރާން ޖޭއެސްސީން ނިންމުމުން، ސުޕްރީމް ކޯޓުން ވަނީ އެ މައްސަލައިގައި އަމުރެއް ނެރެފަ އެވެ. އެ އަމުރުގައި ވަނީ، އަބްދުﷲ ދީދީއާ މެދު ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ އެ އަމުރާ ގުޅިގެން، ޖޭއެސްސީން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ. ޖޭއެސްސީގެ ބަޔާނުގައި ބުނެފައި ވަނީ، ފަނޑިޔާރު އަބްދުﷲ ދީދީ އާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ، ޖޭއެސްސީގެ ގާނޫނީ ބާރަށް ހުރަސް އަޅާ އަމުރެއް ކަމަށާއި އެހެން ކަމުން، ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް އެ އެ ކޮމިޝަނުން ނެރުނު އަމުރު ތަންފީޒީ އަމުރެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށެވެ.

ޖޭއެސްސީ އާއި ސުޕްރީމް ކޯޓާ ދެމެދު މި މައްސަލަތައް ހޫނުވެފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީއަށް ވަނީ ކަމާ ގުޅުން ހުރި ފަރާތްތައް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

މަޖިލިސް ކޮމެޓީގައި، އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވީ، ކަމާ ގުޅުން ހުރި ގާނޫނު ތަކަށް ބަދަލު ގެނެސްގެން ނަމަވެސް ސުޕްރީމް ކޯޓުން މި ފަދަ މައްސަލަތަކުގެ ތެރެޔަށް ވަންނަ ވަނުން ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި ޝަރުއީ ނިޒާމުގެ ތެރޭގައި ހުރި މައްސަލަތައް ހަމަޔަކަށް އެޅުވުމަށް ޓަކައި، އެހެން ހުރި ގާނޫނީ ހުރަސްތައް ނައްތާލައިގެން ނަމަވެސް ނުވަތަ އާ ގާނޫނުތަކެއް ހަދައިގެން ނަމަވެސް އެކަން ކޮށްދެއްވުމަށް އެޓާނީ ޖެނެރަލް ވަނީ މަޖިލީހުގައި އެދިވަޑައިގެންފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟