ބޮލީވުޑް

ބާގީ ތިނެއްގައި ޝްރައްދާ އަދި ރިތޭޝް

ފްރެންޗައިޒް ފިލްމު ބާގީ ތިނަކަށް ރިތޭޝް ދޭޝްމުކް ހޮވިކަން މީގެ ދެދުވަސް ކުރިން ވަނީ އިއުލާންކޮށްފައެވެ. ފިލްމުގައި ރިތޭޝް ފެނިގެން ދާނީ ލީޑް ބަތަލު ޓައިގާ ޝްރޮފްގެ ބޭބެ ރޯލުންނެވެ.

ރިތޭޝް ފިލްމުން ފެނިގެން ދާ ވާހަކަ އިއުލާން ކޮށްފައިވަނިކޮށް ޝްރައްދާ ކަޕޫރު ވަނީ އޭނާގެ ޓުވިޓަރުގައި، ރިތޭޝް އާއެކު އެފިލްމު ކުޅުމަށް އެކްސައިޓްވެފައިވާ ކަމަށް ބުނެފައެވެ. ރިތޭޝް އާއި ޝްރައްދާ ވަނީ މީގެ ކުރިން ފިލްމު "އެކްވިލަން" އިން އެކުގައި ފެނިފައެވެ. ޝްރައްދާގެ ޓުވީޓުގައި ވަނީ އޭނާ އަކީ ފިލްމުގައި ރިބެލްއެއް ކަމަށްވެސް ބުނެފަ އެވެ.

ބާގީ ތިނެއްގެ އިތުރުން ރިތޭޝް އަންނަނީ ހައުސްފުލް ހަތަރެއްގެ މަސައްކަތްވެސް ކުރަމުންނެވެ. އަދި ޝްރައްދާ އަންނަނީ ރެމޯ ޑިސޫޒާގެ ފިލްމު "ސްޓްރީޓް ޑާންސާ 3ޑީ" ގެ ފަހުގެ ޝޫޓިންތަކުގެ މަސައްކަތް ކުރަމުންނެވެ.