ޚަބަރު

ޖަމީލް، ރައީސް ނަޝީދަށް: ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަކީ ބަދަލު ހިފުމެއްތަ؟

އަލީ އިހްސާން

2

ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަކީ ބަދަލު ހިފުމެއްތޯ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ސުވާލު އުފައްދަވައިފިއެވެ.

ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ސަސްޕެންޑްކޮށްފައިވާ ފަނޑިޔާރު އަބްދުﷲ ދީދީއަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުކުމް ކުރެއްވި ފަނޑިޔާރު ކަމަށެވެ. މަޖިލީހުގެ މެޖޯރިޓީ ލިބުމާއެކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެޖޯރިޓީ ލިބި، ފެންނަމުން ދަނީ ފަނޑިޔާރުންނަށް ބިރުދެއްކުމުގެ މަންޒަރުތަކެއް ކަމަށެވެ. އެހެންކަމުން އެކަމަކީ ބަދަލު ހިފުމެއްތޯ ޑރ. ޖަމީލް ވަނީ ސުވާލު އުފައްދަވާފައެވެ.

ސުފްރީމް ކޯޓުގެ ފަނޑިޔާރެއް ޑިޔު ޕްރޮސެސްއަކާ ނުލައި ސަސްޕެންޑްކުރުމަކީ ގާނޫނު އަސާސީން ފަނޑިޔާރުންނަށް ލިބިދޭ އިމްތިޔާޒުތައް ގެއްލިގެންދާނެ ކަމެއް ކަމަށާއި އެކަމަކީ ސަރުކާރު ގެނައުމަށް ވަކާލާތުކުރި އަސާސީ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލު މިހެން ޓުވީޓު ކުރައްވާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާއި ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު ސަސްޕެންޑުކޮށްފައި ވަނިކޮށެވެ. ފަނޑިޔާރު އަބްދުﷲ ދީދީއާއި ގާޒީ ހަސަން ސައީދު ސަސްޕެންޑްކުރުމަށް ނިންމާފައިވަނީ މިއަދު ބޭއްވި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ރައީސް ނަޝީދު ވެސް ބައިވެރިވެވަޑައިގަތެވެ.

ޖޭއެސްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަހީން ވިދާޅުވީ އަބްދުﷲ ދީދީ ސަސްޕެންޑު ކުރީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ބަލަމުން އަންނަ ޖިނާއީ މައްސަލައަކާ ގުޅިގެން ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޒަހީން ވިދާޅުވީ ހަސަން ސައީދު ސަސްޕެންޑުކޮށްފައިވަނީ އެ ކޮމިޝަނަށް ހުށަހެޅިފައިވަނީ މައްސަލައެއްގައި ކަމަށެވެ. މީގެ ކުރިން އެހެން މައްސަލައެއްގައި ވެސް ހަސަން ސައީދު ސަސްޕެންޑުކޮށްފައިވެއެވެ.

ކަދުރޭ22

ހިތްތިރިކަމުން ބިމުގަކޭއްތި ކޭއްތި ކަޅުވެފަ.

ޖައި

މި ވެރިކަމުގައި ހުރިހާކަމެއް ދާނީ އިންސާފުވެރި ގޮތަކަށް