ޚަބަރު

އަދީބުގެ ދަތުރާ ބެހޭގޮތުން އިންޑިއާގެ ކަމާބެހޭ ފަރާތްތަކާވަނީ މަޝްވަރާކޮށްފަ: ޕޮލިސް ކޮމިޝަނަރ

އިބްރާހިމް ޒަކީ

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އަބުދުލް ޣަފޫރު، ބޭސް ފަރުވާއަށް ކުރައްވާ ދަތުރުގައި، ފިއްލެވިޔަ ނުދިނުމަށް ހަމަޖައްސާފައިވާ ސަލާމަތީ ކަންތައްތަކުގެ ދަށުން، އިންޑިޔާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވާފައިވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ބޭސްފަރުވާއަށް އަދީބު އިންޑިއާއަށް ކުރައްވާ ދަތުރާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ކޮމިޝަނަރު ވިދާޅުވީ، އަދީބުކުރައްވާ ދަތުރުގެ އެރޭންޖް މެންޓް އޮތް ގޮތުން ފުލުހުންގެ ދަށުން އަދީބު ބީވެގެން ނުދާނެ ކަމަށެވެ.

އަދި އެ ދަތުރަށްފަހު އަދީބު ރާއްޖެ ގެނެވޭނެކަމުގެ ސަތޭކަ ޕަސެންތް ޔަގީންކަން ފުލުހުންނަށް އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމިޝަނަރ އިތުރަށް ވިދާޅުވީ، އަދީބުގެ ދަތުރާ ގުޅިގެން ފުލުުުންގެ އިސް ބޭފުޅުނުްގެ ޓީމެށް، އިންޑިއާގައި އަދީބުދާން ނިންމާފައިވާ ސަރަހައދަށް މާދަމާ ޒިޔާރަތްކުރާނެ ކަމަށެވެ. އަދި އެ ޓީމުން ސްޓޭޓް ލެވެލްގައި އިންޑިއާގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދީބު އިންޑިއާއަށް ކުރާ ދަތުރުގައި ފިލައިގެން ދިއުމުގެ ފުރުސަތު ނުދިނުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް ހޯމް މިނިސްޓްރީން އަޅާފައިވާ ކަމަށް ހޯމް މިނިސްތަރު އިމްރާން އަބުދުﷲ ވެސް ގައުމީ ސަލާމަރު ކޮމިޓީއަށް ޔަގީންކަން ދެއްވިއެވެ. އަދި ކޮމިޝަނަރު އޮފް ޕްރިސަންސް ޢަބްދުﷲ މުނާޒް ވެސް އެ ޔަގީންކަން މިއަދު ކޮމިޓީއަށް ދެއްވިއެވެ.