ޚަބަރު

އަދީބަށް ދޫކޮށްފައިވަނީ ހަމައެކަނި އިންޑިއާއަށް ދެވޭފަދަ ޑޮކިއުމެންޓެއް: އިމިގްރޭޝަން

އިބްރާހިމް ޒަކީ

ބޭސްފަރުވާއަކަށް އިންޑިއާއަށް ދިއުމަށް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރަށް ދޫ ކުރައްވާފައިވަނީ، ހަމަ އެކަނި އިންޑިއާއަށް ދެވޭފަދަ، ވަގުތީ ޑޮކިއުމެންޓެއްކަމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަނުން ބުނެފިއެވެ.

އަދީބު އަންނަ ހުކުރު ދުވަހު ބޭސް ފަރުވާއަށް އިންޑިއާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، އޭނާ ފިލައިގެންދިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާބެހޭ މައުލުމާތު އޮޅުން ފިލުވުމަށް، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމިޓީއަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، އިމިގްރޭޝަންގެ ވަގުތީ ޒިންމާދާރު ވެރިއާ މޫސާ ރަމީޒް މިއަދު ވިދާޅުވީ، އަދީބަށް އިމިގްރޭޝަނުން އިޝޫކޮށްފައިވަނީ ސިންގަލް ޑޮކިއުމެންޓެއް ކަމަށާއި، އެ ޑޮލިއުމެންތުން ހަމައެކަނި ދަތުރު ކުރެވޭނީ އިންޑިއާ އަށް ކަމަށެވެ.

"އިންޑިއާނޫން އެހެ ގައުމަމަށް އެ ޑޮކިއުމެންތަކުން ނުދެވޭނެ. ހަމައެކަނި އަނބުރާ އާދެވޭނީ ރާއްޖެއަށް އެެއީ ކަރެކްޝަނަލް ސަވިސްއިން، ޕެރޯލްބޯޑުން ރެކުއެސްްޓް ކޮށްފަ އޮތް ގޮތަށް، އިޝޫކޮށްފައިވާ ވަގުތީ ހުއްދައެއް، އެއީ ޕާސްޕޯޓެއްނޫން،" މޫސާ ރަމީޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއީ އަހަރު ދުވަހުގެ ހުއްދައެއް ކަމަށާއި އެ ހުއްދަ އެންއަހަރު ދުވަހަށް ހައްދަން ޖެހުނީ، އެއީ އެމީހާ ދަތުރުކުރާ ގައުމުގެ އިމިގްރޭޝަނަށް ހުށަހަޅަންޖެހޭ އެއްޗެއް ކަމަށެވެ.

"ޓެރަވެލް ޑޮކިއުމެންޓަކަށްދޭ އެންމެ ކުރު މުއްދަތު އެއީ ވަކި ސްޓޭޑަކަށް ހަދާ އެއްޗެއް އެ ހުއްދައަކީ، އެހެން ގައުމުތަކުން، މިހާރު ގަބޫކުރާ އެއްޗަކަށް މި އޮންނަނީ އެއްއަހަރު ދުވަހުުގެ ޓްރެވަލް ޑޮކިއުމެންޓެއް، އެއަށް އިތުރު ބަދަލެއް ގެންނަންޏާ ވަރަށްދުރާލައި ކަންތައްތަކެއް ކުރަންޖެހެނީ،" މޫސާ ރަމީޒް ވިދާޅުވިއެވެ.

ޒަމީރު އިތުރަށް ވިދާޅުވީ، އެއްވެސް މީހަކަށް ދެ ޓްރެވަލް ޑޮކިއުމެންޓެއް ހަދައިދޭގޮތަށް ނޯންނަ ކަމަށާއި، އެއީ އިމިގްރޭޝަންގެ އުސޫލާވެސް ހިލާފު ކަމެއް ކަމަށެވެ. އެހެންކަމުން ޑްރެވަލް ޑޮކިއުމެންޓް ބޭނުން ކޮށްގެން ފިލުމުގެ ފުރުސަތު އަދީބަށް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަދީބުގެ ޓްރެވަލް ޑޮކިއުމެންޓް ޕްރިސެންސްގެ ބޭފުޅުންނާ ހަވާލު ކޮށްފައިވާ ކަމަށާއި އެ ޑޮކިއުމެންޓް އޮންނާނީވެސް އަދީބާއެކު ދަތުރު ކުރައްވާ ޕްރިސެންސް އޮފިސަރުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.