ކުޅިވަރު

އެސްއޯ އިންޓަނޭޝަނަލް ފުޓްބޯލް ޗެމްޕިއަންޝިޕް 2019ގެ އެޗްއޯޑީއަކަށް މާޒިން ހަމަޖައްސައިފި

އެސްއޯ އިންޓަނޭޝަނަލް ފުޓްބޯލް ޗެމްޕިއަންޝިޕް 2019ގެ އެޗްއޯޑީއަކަށް ބްލައިންޑް އެސޯސިއޭޝަންގެ މުހައްމަދު މާޒިން ހަމަޖައްސައިފި އެވެ.

މިމަގާމަށް މާޒިން ހަމަޖައްސާފައިވަނީ މޯލްޑިވްސް ޕެރެއޮލިމްޕިކް ކޮމިޓީ އިންނެވެ. އެސްއޯ އިންޓަނޭޝަނަލް ފުޓްބޯލް ޗެމްޕިއަންޝިޕް 2019 އަކީ އިންޑިގެ ޗެންނާއީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

އުމުރުން 18 އަހަރުގައި ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މާޒިންއަކީ ކުޅިވަރަށް ހާއްސަ ޝައުގުވެރިކަމެއް ހުންނަ ފަރާތެކެވެ. ބައެއް ދުވުންތަކުގައި ވެސް އޭނާ ފެނިގެންގޮސްފައިވެއެވެ.