ޚަބަރު

ދެ އަހަރުންފެށިގެން ފްރީ ސްކޫލް ތައުލީމު ހުރިހާ ރަށަކުން ލިބުން ލާޒިމްކޮށް އިސްލާހު ހުށަހަޅައިފި

އުމުރުން ދެ އަހަރުންފެށިގެން ފްރީ ސްކޫލް ތައުލީމު ރާއްޖޭގެ ކޮންމެ ރަށަކުން ލިބޭނެ އިންތިޒާމް ހަމަޖައްސަންޖެހޭގޮތަށް ލާޒިމްކޮށް ޕްރީ ސްކޫލް ހިންގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

އިދިކޮޅު ޕީއެންސީގެ މެންބަރު، ފެލިދޫ ދާއިރާގެ މަޖްލިސް މެމްބަރު އިބްރާހީމް ފަޒުލް ރަޝީދު މަޖިލީހަށް ހުށަހެޅުއްވި މި އިސްލާހުގައި ބުނެފައިވަނީ، މި ބިލަކީ، ތުއްތުކުދިންނަށް ޅަފަތުގެ ތައުލީމުގެ ފުރުސަތުތައް ވީހާވެސް ފުޅާކޮށްދިނުމުގެ މަގުސަދުގައި ހުށަހެޅުއްވި އިސްލާހެއް ކަމަށެވެ.

ސާދަ މާއްދާއެއް ހިމެނޭ މި ބިލުގައި ޕްރީ ސްކޫލްތައް ހިންގާ އަމިއްލަ ފަރާތްތަކަށް ފުރިހަމަ އިހުތިޔާރާއި ބާރު ލިބިދޭ ގޮތަށް ބައްޓަން ކޮށްގެންނެވެ.

މި ބިލުގައި ވާގޮތުން، ދިވެހިރާއްޖޭގެ ސިޓީ ކައުންސިލްތަކުންނާއި ރަށު ކައުންސިލްތަކުންނާއި ދިވެހި ކުންފުނިތަކުންނާއި ދިވެހި ޖަމާއަތްތަކުންނާއި އަމިއްލަ ފަރުދުންނާއި ރާއްޖޭން ބޭރުގެ ފަރާތްތަކުން، ރާއްޖޭގައި ޕްރީ ސްކޫލް އުފައްދައި، ހިންގައި، ތުއްތު ކުދިންނަށް ދޭ ޅަފަތުގެ ތައުލީމު ރާއްޖޭގައި ވީހާވެސް ފުޅާކޮށް ލިބިދީ، އޮއްޓަރު ހުރި ފޭރާން ހެޔޮ ތައުލީމެއް އެ ކުދިންނަށް ލިބިދޭން ޖެހޭނެއެވެ.

މިހާރު އަމަލު ކުރަމުންދާ ފްރީ ސްކޫލް ހިންގުމުގެ ގާނޫނަކީ 2012 ވަނަ އަހަރު އަމަލު ކުރަންފެށި ގާނޫނެކެވެ.