ހައްދުފަހަނައަޅާފައިވާ މީހުން ފަތުރާ ނަފްރަތާއި އިންޓޮލަރެންސްގެ މައްސަލަތަކަށް އަހައްމިއްޔަތުކަން ދީގެން މަސައްކަތް ކުރަންޖެހޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވެއްޖެއެވެ.
ހަމީދު މިހެން ވިދާޅުވެފައިވަނީ ޓެރަރިޒަމް ޖަމާއަތްތަކަށް ތާއީދުކޮށް އައްޑޫ ސިޓީގައި ހުރި ގްރެފިޓީތަކެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން އެކަމާ ގުޅުވައިގެންނެވެ.
ހަމީދު ވިދާޅުވީ ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކޮށް، އެފަދަ ޖަމާއަތްތައް ޕްރޮމޯޓުކޮށް، އެމީހުންގެ ފިކުރު ފަތުރައި، އިސްލާމްދީނަށް މަލާމާތާއި ފުރައްސާރަކޮށް، ރާއްޖޭގައި އޮތް ދީނީ އެއްބައިވަންތަކަން ނަގާލުމަށް ނަފްރަތާއި އިންޓޮލަރެންސް ފަތުރާ މީހުންގެ މައްސަލަތައް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ބަލަންޖެހޭ ކަމަށެވެ.
މިފަދަ މައްސަލަތައް ހައްލުކުރަން ކުރަންޖެހޭ ކަންކަން ކަމާބެހޭ އިތުރު ފަރާތްތަކާ ގުޅިގެން ފުލުހުން ކުރަމުން އަންނަކަމުގެ ޔަގީންކަން ހަމީދު ދެއްވާފައިވެއެވެ.