ބޮލީވުޑް

ޕަރީގެ ޓެމިލް ރީމޭކުގައި އަނުޝްކާ؟

ޝާހުރުކް ޚާން އަދި ކެޓްރީނާ ކައިފް އާއެކު ފިލްމު ޒީރޯ އިން ފެނުނު ފަހުން ބަތަލާ އަނުޝްކާ ޝަރްމާ އިތުރު ފިލްމެއް އިއުލާންކޮށްފައެއް ނުވެއެވެ.

ނަމަވެސް ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި އަނުޝްކާ ކުޅެފައިވާ ބިރުވެރި ފިލްމު "ޕަރީ"ގެ ޓެމިލް ރީމޭކެއް ހެދުމަށް ނިންމައި ފިލްމު ލީޑް ރޯލު ކުޅުމަށް އަނުޝްކާ އަށް އެދިފައިވެއެވެ. އަދި އެ ފިލްމު ކުޅުމަށް އަނުޝްކާ އެއްބަސްވި ކަމެއް އެނގޭކަށް ނެތެވެ.

ކުރިން އެ ރޯލު ކުޅުމަށް ސައުތުގެ ތަރިއަކަށްވެސް ވަނީ ހުށަހަޅާފައެވެ. ޓެމިލް ވެބްސައިޓްގައި ވާގޮތުގައި ފިލްމު އުފައްދާ ފަރާތުން ބޭނުން ވަނީ ހިންދީ ފިލްމުގެ ލީޑުގައިވެސް އުޅުނު ބަތަލާ ޓެމިލް ފިލްމުން ފެނިގެން ދިއުމަށެވެ.