ރޯދަމަސް

ރޯދަމަހުގެ 29 ވަނަ ދުވަސް: ތަކެތީގެ އަގު އަދިވެސް މައްޗަށް

1440 ވަނަ އަހަރުގެ ރަމަޟާން މަސް ނިމުނު އިރު މާރުކޭޓުގެ އަގުތައް މިވަނީ ބޮޑުވެފައެވެ.

ޖުމްލަކޮށް މާރުކޭޓުގެ އަގުތަކަށް ބަލާއިރު ރޯދަމަސް ފެށުނު އިރު އަގު ބޮޑު ބާވަތްތަކުގެ އަގު ރޯދަމަހުގެ މެދުތެރޭ ތިރިވެފައި ވީނަމަވެސް މަސް ނިމުނު އިރު މިވަނީ ބޮޑުތަނުން މަތިވެފައެވެ. ބައެއް ބާވަތްތަކަށް ބަލާއިރު، ކަރާވެސް ރޯދަ ފެށިގެން އައި އިރު ހުރީ 45ރ އަށް ކިލޯއެކެވެ. ނަމަވެސް މެދު ދިހައެއް ހިސާބުގައި ކަރާގެ އަގު 18ރ އަށް ތިރިވި ނަމަވެސް ރޯދަ ނިންމާލަން މިޖެހުނީ ކަރާ ކިލޯ އެއް 35ރ އަށް ބޮޑު ވެގެންނެވެ. ފަތްޕިލާވެލީގެ ބާވަތްތަކުގެ ތެރެއިން ލެޓިއުސް ވެސް ރޯދަ ފެށުނު އިރު ހުރީ 120ރ އަށް ކިލޯއެއްގެ ރޭޓުގައެވެ. ނަމަވެސް 45ރ އަށް މެދުތެރޭގައި އަގުހެޔޮވެ ފަހުދިހައިގައި މިއަދު ލެޓިއުސް ކިލޯއެއް ލިބެން ހުރީ 100ރ އަށެވެ.

ރޯދަމަސް ފެށުނު އިރު އެންމެ ބާރަށް ވާހަކަ ދެކެވުނު ކަނޑޫދޫ މިރުސް ވެސް ރޯދަ ފެށުނު އިރު 1400ރ އަށް ކިލޯ ލިބުނު އިރު މެދުތެރޭގައި 400ރ އަށް ތިރިވުމަށްފަހު ރޯދަ ނިމުނުއިރު މިއަދު ހުރީ 700ރ އަށް ކިލޯއެކެވެ.

މިއަދު މެންދުރު 11:00އާ ހަމައަށް ބާޒާރުގެ އަގުތައް:

1. ކަރާ 35ރ ކިލޯ
2. ލެޓިޔުސް 100ރ ކިލޯ
3. ބޭރު ތޮޅިމިރުސް 60ރ. ކިލޯ
4. ދިވެހި ގިތެޔޮ މިރުސް 700ރ ކިލޯ
5. ކެރެޓް 20ރ ކިލޯ
6. ކިޔުކަމްބާ 45ރ ކިލޯ
7. ލުނބޯ 35ރ ކިލޯ
8. ކާއްޓެއް 05ރ އާއި 10ރ އާ ދެމެދު
9. ގަބުޅި 10ރ، 20ރ
10. ކުރުނބާ 20ރ ، 45ރ
11. ފާގަ 50ރ ކިލޯ
12. ބީންސް 60ރ ކިލޯ
13. ޓޮމާޓޯ 45ރ ކިލޯ
14. ކޮޕީ ފަތް 10ރ ބޮނޑިއެއް
15. ކަންކުން ފަތް 5ރ ބޮނޑިއެއް
16. ކުއްޅަފިލާ ފަތް 10ރ ބޮނޑިއެއް
17. ކެޕްސިކަމް 70ރ ކިލޯ
18. ކެބެޖް 60ރ ކިލޯ
19. ޔޫގެންޑާ މިރުސް 150ރ ކިލޯ
20. ދޮންކެޔޮ 5ރ، 8ރ
21. ބޭރު އަނބު 60ރ ކިލޯ


މަސް:
1. ކަނޑުމަސް 45ރ ކިލޯ
2. ކަންނެލި 45ރ ކިލޯ
3. ބޮޑު ކަންނެލި 50ރ ކިލޯ
4. ރިއްމަސް 20ރ އަށް 4 މަސް
5. މުށިމަސް 20ރ އަށް 4 މަސް
6. ރެހި 15ރ އަށް ޖޯޑެއް