ޚަބަރު

ޕަވާ ބޯޓް އެސޯސިއޭޝަންގެ ބޭފުޅުންނާއި މިނިސްޓަރ މަހުލޫފް ބައްދަލު ކުރައްވައިފި

މަރިޔަމް ޝަހުދާ

ޕަވާ ބޯޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބޭފުޅުންނާއި މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް އެމްޕަވަމަންޓް އަހުމަދު މަހުލޫފް ބައްދަލު ކުރައްވައިފި އެވެ.

މިނިސްޓަރ ޕަވާ ބޯޓް އެސޯސިއޭޝަންގެ އިސް އޮފިޝަލުންނާއި ބައްދަލު ކުރައްވާފައި ވަނީ މިއަދު ޔޫތު މިނިސްޓްރީގައި ކުރިއަށްދިޔަ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ޕަވާ ބޯޓް އެސޯސިއޭޝަންއިން ވަނީ ރާއްޖޭގައި އިންޓަނޭޝަނަލް ޕަވާބޯޓް މުބާރާތް ބޭއްވުމާއި ގުޅޭގޮތުން މަހުލޫފާއި މަޝްވަރާ ކުރައްވާފައެވެ.

އިންޓަނޭޝަނަލް ޕަވާބޯޓް މުބާރާތް މިއަހަރު ކުރިއަށް ދިއުމަށް ހަމަޖައްސާފައިވަނީ މި އަހަރުގެ ނުވެމްބަރު މަހުގެ ތެރޭގައެވެ.