ރޯދަމަސް

ރޯދަމަހުގެ 28 ވަނަ ދުވަސް: ކަނޑުމަހުގެ އަގު ދެގުނަޔަށް ބޮޑުވެއްޖެ

މުހައްމަދު އައުޒަމް

ރޯދަމަސް ނިމެން ކައިރިވެފައިވާއިރު މާރުކޭޓުގައި ހުރިހާ ބާވަތްތަކުގެ މުދާވެސް ގިނަ ކަން ފާހަގަކުރެވެއެވެ. ނަމަވެސް އަގުތައް އަދިވެސް ދަނީ މަތިވަމުންނެވެ.

މަސްމާރުކޭޓުގައި މަހުގެ ބާވަތްތައް ތިޔާގި ނަމަވެސް އަގުބޮޑުކަން ފާހަގަކޮށްލެވެއެވެ. ރޯދަމަސް ފެށުނު އިރު 35ރ އަށް 30ރ އަށް ކިލޯ ލިބެމުންދިޔަ ކަނޑުމަސް ކިލޯ އަގުހެޔޮވެ 20ރ އަދި 25ރ އަށްވެސް ކިލޯ ލިބުނެވެ. ނަމަވެސް ރޯދަމަސް ނިމުމަކާ ކައިރިވެފައިވާއިރު ކަނޑުމަހުގެ އަގުތައް މިވަނީ ދެގުނަ ބޮޑުވެފައެވެ. މިއަދު ކަނޑުމަސް ކިލޯއެއް ލިބެންހުރީ 60ރ އަށެވެ. މިއީ މިރޯދަމަހު މިހާތަނަށް ކަނޑުމަސް މިހާ އަގުބޮޑުވެގެންދިޔަ ފުރަތަމަ ފަހަރެވެ. މިދިޔަ ހަފްތާގައި 30ރ އަށް ކިލޯ ލިބުނު ކަންނެލި މިއަދު ލިބެން ހުރީ 50ރ އަށް ކިލޯއެކެވެ. ބޮޑު ކަންނެލިވެސް އަގު ހުރީ 50ރ އަށް ކިލޯއެކެވެ. މަސްވެރީން ބުނަނީ މަހުގެ އަގު އަދިވެސް ދާނީ މައްޗަށް ކަމަށެވެ.

ރޯދަމަހުގެ ފުރަތަމަ ދިހައިގައި އަގުބޮޑުވި ކަރާވެސް މެދުދިހައިގައި 18ރ އަށް ކިލޯ ލިބުނުކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ފަހުދިހައިގައި ކަރާގެ އަގުވެސް މިވަނީ ބޮޑުވެފައެވެ. މިއަދު ކަރާކިލޯއެއް ލިބެންހުރީ 30ރ އަށް ކިލޯ އެކެެވެ.

މިއަދު މެންދުރު 11:00އާ ހަމައަށް ބާޒާރުގެ އަގުތައް:

1. ކަރާ 30ރ ކިލޯ
2. ލެޓިޔުސް 80ރ ކިލޯ
3. ބޭރު ތޮޅިމިރުސް 90ރ. ކިލޯ
4. ދިވެހި ގިތެޔޮ މިރުސް 780ރ ކިލޯ
5. ކެރެޓް 20ރ ކިލޯ
6. ކިޔުކަމްބާ 60ރ ކިލޯ
7. ލުނބޯ 35ރ ކިލޯ
8. ކާއްޓެއް 05ރ އާއި 10ރ އާ ދެމެދު
9. ގަބުޅި 10ރ، 20ރ
10. ކުރުނބާ 25ރ ، 45ރ
11. ފާގަ 70ރ ކިލޯ
12. ބީންސް 60ރ ކިލޯ
13. ޓޮމާޓޯ 50ރ ކިލޯ
14. ކޮޕީ ފަތް 10ރ ބޮނޑިއެއް
15. ކަންކުން ފަތް 5ރ ބޮނޑިއެއް
16. ކުއްޅަފިލާ ފަތް 10ރ ބޮނޑިއެއް
17. ކެޕްސިކަމް 50ރ ކިލޯ
18. ކެބެޖް 50ރ ކިލޯ
19. ޔޫގެންޑާ މިރުސް 120ރ ކިލޯ
20. ދިވެހި އަނބު 100ރ ބައެއް
21. ބޭރު އަނބު 60ރ ކިލޯ
22. ދޮންކެޔޮ 5ރ، 8ރ

މަސް:
1. ކަނޑުމަސް 60ރ ކިލޯ
2. ކަންނެލި 50ރ ކިލޯ
3. ބޮޑު ކަންނެލި 50ރ ކިލޯ
4. ރިއްމަސް 20ރ އަށް 4 މަސް
5. މުށިމަސް 20ރ އަށް 4 މަސް
6. ރެހި 15ރ އަށް ޖޯޑެއް