އެލައިޑް އިންޝުއަރެންސް

ހަ މިލިޔަނަށްވުރެ ގިނަ ރުފިޔާ ބަދަލުގެ ގޮތުގައި އެލައިޑުން ދޫކޮށްފި

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޝުއަރެންސްގެ ހިދުމަތްދޭ، އެލައިޑް އިންޝުއަރެންސުން ހުސްވި މަހުގެ ތެރޭގައި ހަ މިލިޔަނަށްވުރެ ގިނަ ރުފިޔާ ބަދަލުގެ ގޮތުގައި ދޫކޮށްފިއެވެ.

އެލައިޑުން ބުނީ އެތަނުން ބަދަލުގެ ގޮތުގައި ފައިސާ ދޫކުރަމުން އަންނަނީ ހަފުތާތަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ހުސްވި މަހު ބަދަލުގެ ގޮތުގައި ދޫކުރި ފައިސާއަށް ބަލާއިރު، އެ މަހުގެ ފަހަކުން ނުވަޔަކަށް 1.4 މިލިޔަން ރުފިޔާ، 12 އިން 16 އަށް ފަސްލައްކައަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ.

އެކުންފުނިން ހުސްވިމަހު ދޫކޮށްފައިވާ އެންމެ ބޮޑު އަދަދުކަމަށްވާ 6.3 މިލިޔަން ރުފިޔާ އަކީ އެމަހުގެ 19 އިން 23ވަނަ ދުވަހާ ދެމެދުގެ މުއްދަތުގައި ދޫކޮށްފައިވާ ފައިސާއެވެ.

އެލައިޑުން، އިންޝުއަރެންސުގެ ގޮތުގައި ބޮޑެތި އަދަދުތަކެއް ކްލަޔަންޓުންނަށް ދޫކުރަމުން އަންނައިއިރު، އެ ކުންފުނީގެ ފައިދާ ވެސް މިދިޔަ މަހު ވަނީ ވަރަށްބޮޑުތަން އިތުރުވެފައެވެ. އެލައިޑުން ބުނެފައިވަނީ، އެ ކުންފުނީގެ އިންޝުއަ ކުރުމުގެ ގާބިލްކަން މިހާރު 140 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ.

އެލައިޑުންދޭ އިންޝުއަރެންސް ހިދުމަތްތަކުގެ ތެރޭގައި، ފަޔާ އިންޝުއަރެންސާއި މެޑިކަލް އިންޝުއަރެންސްގެ އިތުރުން މެރިން ހަލް އިންޝުއަރެންސް ފާހަގަ ކޮށްލެވެއެވެ.