ބޮލީވުޑް

އާޔާ ޕޮލިސްގެ ނަން ރޯހިތް ރަޖިސްޓްރީ ކޮށްފި

ފުލުހުންނަށް ހާއްސަ ފިލްމުތައް ހެދުމަށް މަގުބޫލު ޕްރޮޑިއުސަރު ރޯހިތު ޝެޓީ "އާޔާ ޕޮލިސް" ގެ ނަން ރަޖިސްޓްރީ ކޮށްފިއެވެ.

ރޯހިތު އެނަން ރަޖިސްޓްރީ ކުރީ ފުލުހުންނަށް ޚާއްސަ އާ ފިލްމެއް ހަދަން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރޯހިތު މިހާރު ކުރަމުން އަންނަނީ އަކްޝޭ ކުމާރު އަދި ކެޓްރީނާ ކައިފް ލީޑް ރޯލުން ފެނިގެންދާ ފިލްމު "ސޫރްޔަވަންޝީ" ގެ މަސައްކަތެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ރޯހިތު ކުރިން ނެރެފައިވާ ފުލުހުންގެ ފިލްމު "ސިމްބާ" ގައި ހިމެނޭ ލަވައެއް ކަމުގައިވާ "އާލާ ރެ އާލާ ރެ" ގައި "އައޭ އާޔާ ޕޮލިސް" މިހެން ކިޔައެވެ. އެ ފިލްމުގެ ލީޑުން ފެނިގެން ގޮސްފައިވަނީ ރަންވީރުއެވެ. ރަންވީރުގެ އަންހެނުން ބަތަކާ ދީޕިކާ ވަނީ "އައޭ އާޔާ ޕޮލިސް" ރަންވީރަށް ސަޕޯޓް ކުރުމުގެ ގޮތުން އެދުވަސްވަރު ކިޔައިފައެވެ. އަދި އެބަސް ވަނީ ވައިރަލްވެގެން ވެސް ގޮސްފައެވެ. މި ސަބަބުތަކަށް ޓަކައި އެނަމުގައި ޕޮލިސް ފިލްމެއް ހަދަން ރޯހިތު ނިންމީ ކަމަށް ވެސް ވެދާނެ އެވެ.

ފުލުހުންނަށް ހާއްސަ ތިން ފިލްމެއް ރޯހިތުގެ އަމިއްލަ ނަމުގައި މިހާތަނަށް ނެރެފައިވާއިރު، އޭނާ ވަނީ މީގެ ކުރިން "ކޮޕް ޔުނިވާސް" އެއް ހެދުމަށް ބޭނުން ވާކަމަށް ވެސް ބުނެފައެެވެ. އަދި އަންހެން ބަތަލާއިންވެސް ފުލުހުންގެ ރޯލުން ދައްކަން ބޭނުންވާ ކަމަށް ވަނީ ބުނެފައެެވެ.