ރޯދަމަސް

ރޯދަމަހުގެ 25 ވަނަ ދުވަސް: ކަރާގެ އަގު އަނެއްކާވެސް މައްޗަށް

މުހައްމަދު އައުޒަމް

ރޯދަމަހުގެ 25 ވަނަ ދުވަހާ ކުރިމަތިލީ އިރު ތަކެތީގެ އަގުތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ.

ރޯދަ ފެށުނު އިރު ބޮޑުވެފައި ހުރި ކަރާ ރޯދަމަހުގެ މެދުތެރޭގައި އަގުތިރިވެ އަނެއްކާވެސް ވަނީ ބޮޑުވާން ފަށައިފިއެވެ.

ރޯދަ ފެށުނު އިރު 45ރ އަށް ކިލޯ ލިބެންހުރި ކަރާ އަގުހެޔޮވަމުންގޮސް 18ރ އަށް ކިލޯ އެއް ވެސް މީގެ ކުރީން ލިބެން ހުއްޓެވެ. ނަމަވެސް ރޯދަމަހުގެ ފަހުދިހަ ނިމެން ކައިރިވެފައިވާއިރު ކަރާގެ އަގު މިވަނީ މަތިވާން ފަށާފައެވެ. މިއަދު މާރުކޭޓުގައި ކަރާ ލިބެން ހުރީ 25ރ އަށް އަދި 30ރ އަށް ކިލޯއެކެވެ. ކަރާގެ އަގު ބޮޑުވެފައިވަނީ ކަރާ ލިބުން ދަތިވުމުންކަމަށް ވިޔަފާރިވެރިން ބުނެއެވެ. އިންޑިއާއިން ގެންނަ ކަރާވެސް އެއްކޮށް ކަހަލަ ގޮތަކަށް ހުސްވެފައިވާކަމަށް ވިޔަފާރިވެރިން ބުނެއެވެ. އެހެންކަމުން ރޯދަމަހުގެ ބާކީ ހުރި ދުވަސްތަކުގައި ކަރާގެ އަގު ބޮޑުވުމަކީ އެކަށީގެންވާކަމެއްކަމަށް ވިޔަފާރިވެރިން ބުނެއެވެ.

މިއަދު މެންދުރު 12:00އާ ހަމައަށް ބާޒާރުގެ އަގުތައް:

1. ކަރާ 25ރ، 30ރ ކިލޯ
2. ލެޓިޔުސް 60ރ ކިލޯ
3. ބޭރު ތޮޅިމިރުސް 80ރ. ކިލޯ
4. ދިވެހި ގިތެޔޮ މިރުސް 500ރ ކިލޯ
5. ކެރެޓް 25ރ ކިލޯ
6. ކިޔުކަމްބާ 30ރ ކިލޯ
7. ލުނބޯ 35ރ ކިލޯ
8. ކާއްޓެއް 04ރ އާއި 10ރ އާ ދެމެދު
9. ގަބުޅި 10ރ
10. ކުރުނބާ 15ރ ، 30ރ
11. ފާގަ 70ރ ކިލޯ
12. ބީންސް 55ރ ކިލޯ
13. ޓޮމާޓޯ 40ރ ކިލޯ
14. ކޮޕީ ފަތް 10ރ ބޮނޑިއެއް
15. ކަންކުން ފަތް 5ރ ބޮނޑިއެއް
16. ކުއްޅަފިލާ ފަތް 10ރ ބޮނޑިއެއް
17. ކެޕްސިކަމް 55ރ ކިލޯ
18. ކެބެޖް 40ރ ކިލޯ
19. ޔޫގެންޑާ މިރުސް 150ރ ކިލޯ
20. ދިވެހި އަނބު 100ރ ބައެއް
21. ބޭރު އަނބު 65ރ ކިލޯ
22. ދޮންކެޔޮ 4ރ، 8ރ

މަސް:
1. ކަނޑުމަސް 40ރ ކިލޯ
2. ކަންނެލި 45ރ ކިލޯ
3. ބޮޑު ކަންނެލި 45ރ ކިލޯ
4. ރިއްމަސް 20ރ އަށް 3 މަސް
5. މުށިމަސް 20ރ އަށް 6 މަސް