Close
ޚަބަރު

ގދ. ތިނަދޫ ގެއަކުން ގޭސް ފުޅިއެއް ވަގަށް ނެގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ގދ. ތިނަދޫ ގެއަކުން ގޭސް ފުޅިއެއް ވަގަށް ނެގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ރޭ ފަތިހުގެ ވަގުތެއްގައި ތިނަދޫ ގެއަކުން ގޭސް ފުޅިއެއް ވަގަށް ނަގާފައިވާ މައްސަލައެއް މިއަދު މެންދުރު 1:13ގައި ތިނަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައިގައި ގެއްލުނު ގޭސް ފުޅި ފުލުހުންގެ ތަހުގީގުން ހޯދައި އޭގެ ވެރިފަތާ ހަވާލުކޮށް އެ މައްސަލައިގެ ތުހުމަތުގައި 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ތިނަދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.