މަލިކު

ކައިރި ... ނަމަވެސް ދުރުގައިވާ މަލިކު 7

އަބްދުﷲ ފާރޫގް ހަސަން

(25 މެއި ގެ އަދަދާ ގުޅޭ)

1752 ވަނަ އަހަރު އަރައްކަލް ރާޖާ މާލެއާ ޙަމަލާދީ، ގަނޑުވަރު އަންދާލާ އަދި ރަސްގެފާނު ޝަހީދުކުރިއެވެ. މިވާނީ ސަތިކުމަރަން ނަޔަރ ސިފަކޮށްދެއްވާފައިވާ ދެފަހަރުންކުރެ ފަންޑިތަ ހެދި ހާދިސާއާ އެއްދުވަސްވަރެއް ކަމަށެވެ. މުޅި ދިވެހިރާއްޖެ ޢަލީރާޖާގެ ވެރިކަމުގެ ދަށުގައި ދުވަސްކޮޅަކު އޮތްކަމަށް ޤަބޫލުކުރެވެން ސަބަބު އެބައޮތެވެ. އެހެންނަމަވެސް އަރައްކަލުގެ ވެރީންނާ ދެކޮޅު ހެދި ހެދުމެއްގެ ވާހަކަވެސް އެބައޮތެވެ. މިކަމުގައި އެންމެ އިސްކޮށް ހުންނެވީ ވަލީޢަހުދު ޝަމްސުއްދީނެވެ. މިކަން ނާކާމިޔާބުވެ ޝަމްސުއްދީނާ އޭނާގެ ބައިވެރީން ކަންނަންނޫރު ރާޖާގެ އަތްދަށުވީއެވެ. އެހެންނަމަވެސް ޓިއްޕޫ ސުލްޠާން މެދުވެރިއަކަށްވެގެން ކަންނަންނޫރު ބީބީއާއި ޝަމްސުއްދީނާ ދެމެދު ޞުލްޙަވެރި އެއްބަސްވުމަކަށް އާދެވުނެވެ. މިވެވުނު އެއްބަސްވުމުގައި ވާގޮތުން މަލިކު ފިޔަވައި ދިވެހިރާއްޖޭގެ ހުރިހާ ރަށެއް ރަސްގެފާނަށް އަނބުރާ ރައްދުކުރެވުނެވެ. ސަތިކުމަރަން ނަޔަރ މީނާއަށް ދެއްވާފައިވާ ނަމަކީ "މަންޔާ އުންމަ" އެވެ. ވީމާ، އަރައްކަލް ރަސްރަސްކަލުންގެ ދަރިފަސްކޮޅަށް ބަލާއިރު، މިފަތަޙައާއި ހަމަނުޖެހުން ހިނގާފައިވަނީ މީލާދީން 1819 އާ 1838 އާ ދެމެދުގެ ދުވަސްވަރެއްގައެވެ. ވުމާއެކު މިދުވަސްވަރު މަލިކު ސިޔާސީގޮތުން ދިވެހިރާއްޖެއާ ވަކިކުރެވި، އަރައްކަލް ރަސްކަމުގެ ބައެއްގެ ގޮތުގައި ވެގެން ދިޔައެވެ. މިކަންވީ ވަރަށް ފާހަގަކޮށްލެވޭ ކަމަކަށެވެ. އެހެނީ މިކަމުގެ ސަބަބުން މަލިކާއި ދިވެހިރާއްޖެއާ ދޭތެރޭ އޮންނަ ސިޔާސީގުޅުން ހީނަރުވެ މަލިކު އިންޑިއާގެ ޖުމްހޫރިއްޔަތުގެ ދަށަށް ދިޔައެވެ. އެބަދުނަސީބު ޝަމްސުއްދީން ދިވެހި ރަސްކަމުގައި ރެދަލިކުރެއްވުމަކަށް ދިރި ދުނިޔެއަކު ނުހުންނަވައެވެ. ކަންނަންނޫރުގެ ޖަލުން އެނބުރި ޤައުމަށް ވަޑައިގެންނެވި މަގުމަތީ މަލިކުގައި އަވަހާރަވެއްޖެއެވެ.

ޕޯޗުގީޒުން ވެރިވެގަތުން:

1503 ވަނަ އަހަރު ކެޕްޓަން ވިންސެންޓް ސޯޑްރޭގެ ކޮމާންޑްކަމުގެ ދަށުގައި އޮތް ހަނގުރާމަމަތީ ނަވަކަށް ރޯނު ހިފައިގެން ކާލިކޯޓަށް (ކަލިކަޓް) ދިޔަ ދިވެހި ހަތަރު ވިޔަފާރިވެރީން ފެނުން ވެގެން ދިޔައީ އެމީހުންގެ ބަދުނަސީބު ކަމުގައެވެ. ދިވެހީންގެ "ގުންޑްރާ" (ޅިސްޖަހައިގެން ލަކުޑިން ބަނދެ ފަންރިޔާ ނަގާފައި ހުންނަ އޮޑި) ތައް ހުއްޓުވާ، އެއަށް މައްޕިލާންތަކެއް ލިޔެވެ. އަދި މި ގުންޑްރާތަކުގައި ރޯކޮށްލާ މައްޕިލާންތައް މަރާލިއެވެ. މިބައްދަލުވުން ވެގެން ދިޔައީ އަމާން ދިރިއުޅުމެއް އުޅެމުން އައި ދިވެހީންނަށް ޕޯޗުގީޒު މީހުންނާ ބައްދަލުވި ފުރަތަމަ ބިރުވެރި ބައްދަލުވުން ކަމުގައެވެ. 1506 ވަނަ އަހަރުގެ އޭރުގެ ޕޯޗުގީޒު ވައިސްރޯއީ ކަމަށްވާ ފްރެންސިސްކޯ އަލްމީރާއަށް އިންޑިއާ ކަނޑުންލާފައި މައްކާއަށް ދާ އޮޑިފަހަރު ދިވެހިރާއްޖޭގައި ބަނދަރުކުރާކަން އެނގުނެވެ. އަދި މިއޮޑިފަހަރު ފޭރުމުން ވަރަށް ފައިދާ ބޮޑުވާނެކަން އެނގޭތީ އޭނާގެ ދަރިފުޅު ޑޮން ލުރެންކޯގެ ކޮމާންޑުކަމުގެ ދަށުގައި ކަނޑުގެ ލަޝްކަރެއް ދިވެހިރާއްޖެއަށް ފޮނުވިއެވެ. ނަމަވެސް މިއަޖުމަ ބެލުމުގެ ލަޝްކަރު ޠޫފާނެއްގައި ޖެހި، ދެވޭ ނުދެވޭ ތަނެއް ނުއެނގި، ބެހިގެން ސްރީލަންކާއަށް ދެވުނެވެ. 1509 ގައި ސުލްޠާން މުޙަންމަދު މައްމާލީންނާ ދެކޮޅަށް އޭރުގެ ޕޯޗުގީޒު ކޮމާންޑަރު ކަމަށްވާ އަލްބުކަރުކޫގެ އެހީއަށް އެދުނެވެ. އޭނާ ބޭނުންވީ ރާއްޖޭގެ ހަތަރުރަށެއް (އޭގެތެރެއިން އެއްރަށަކީ މަލިކު) މައްމާލީންގެ އަތުން ސަލާމަތްކުރުމަށްޓަކައި ޕޯޗުގީޒު ވައިސްރޯއީގެ އެހީ ހޯދާށެވެ. އަދި އަލްބުކަރުކޫއަށް އަރައްކަލް ރާޖާއިން ދިވެހިރާއްޖޭގެ ވިޔަފާރީގެ މައްޗަށް އަތްގަދަކޮށް އެކަމުން ފައިދާ ނަގާވަރު އެނގުނެވެ. އަދި އޭނާ މައްމާލީން ގެނެސް ދިވެހިރާއްޖެއާ އެކީ އޮތް ހުރިހާ ވިޔަފާރީގެ ގުޅުމެއް ކެނޑުމަށް އަމުރުކުރިއެވެ. އަދި ރާއްޖެއަކީ ޕޯޗުގީޒު ރަސްގެފާނުގެ މިލްކިއްޔާތެއް ކަމުގައި އެންގެވިއެވެ. ނަމަވެސް މައްމާލީގެ އާދޭސްތަކާއެކު އޭނާގެ ވިޔަފާރި ދިވެހިރާއްޖޭގައި ކުރިއަށް ގެންދިއުމުގެ ހުއްދަ އަލްބުކަރުކޫ ދިނެވެ. މީގެ ބަދަލެއްގެ ގޮތުން މައްމާލީ އަލްބުކަރުކޫއަށް 1000 ބަންޑެލް ހިމަރޯނާއި 1000 ބަންޑެލް ފަލަރޯނު، ކޮންމެ ބަންޑެއްޔެއްގައި 150 ކިލޯގްރާމުގެ ބަރުދަންހުރި (1.5 ކްއެންޓަލްހުރި) ދިނުމަށް އެއްބަސްވިއެވެ. އެހެންނަމަވެސް އަލްބުކަރުކޫގެ ޒަމާނުގައި ދިވެހިރާއްޖެ ވެގެން ދިޔައީ ޕޯޗުގީޒު މަގުފޭރޭ މީހުންގެ ޝިކާރަކުރާ ސަރަޙައްދަކަށެވެ. މީގެ ސަބަބުން މައްމާލީންގެ ވިޔަފާރިއަށް ވަރަށްބޮޑު ހީނަރުކަމެއް އައެވެ.

1517 ވަނަ އަހަރު ދިވެހިރާއްޖޭގެ ރަސްގެފާނު މާލޭގައި ފެކްޓްރީއެއް ހެދުމުގެ ހުއްދަ ޕޯޗުގީޒުންނަށް ދެއްވިއެވެ. އެހެންނަމަވެސް އެމީހުން އެކަމުން ނާޖާއިޒު ފައިދާ ނެގީއެވެ. އެއީ ކެއިރޯ ޑިނެއިރޯ، ޕޯޗުގީޒުން މިކަމަށް ފޮނުއްވާފައި ހުންނަ އެޑްމިރަލް ދިވެހި ކަނޑުތަކުގައި ފޭރުމުގެ އެކިއެކި ޢަމަލުހިންގާ، އޭނާ ފޭރުނު އެއްޗެއްސައިގެން މާލެ އައެވެ. އަދި މާލޭގައި ބުރުޒެއް ހަދާ، ވެރިކަން ކުރަން ފެށިއެވެ. އަދި ހުރިހާ ރަށަކުން ލިބޭ އާމްދަނީ އޭނާއަށް ގެނައުމަށް އަމުރުކޮށް، އޭގެ އަރާމުގައި އުޅުނެވެ.

އަނިޔާ ލިބެމުން ދިޔަ ދިވެހީން ނިންމީ ބަދަލުހިފާށެވެ. އެމީހުން މަލާބާރީންގެ މަޝްހޫރު ކަނޑުފޭރޭ މީހެއްކަމަށްވާ ޕާޓާމަރައްކާރުގެ އެހީއަށް އެދުނެވެ. މިޕާޓާމަރައްކާރަކީ ކުރީގައި ޕޯޗުގީޒުންގެ އަނިޔާ ލިބެމުންދިޔަ ސާދާގަރެކެވެ. މަރައްކާރު ބާރައޮޑިއާއިގެން ދިވެހިރާއްޖެއައިސް ޕޯޗުގީޒުން ނުދަނެތިއްބައި ދިވެހީންގެ އެހީގައި ޕޯޗުގީޒުންނަށް ޙަމަލާދިނެވެ. އަދި މުޅި ޕޯޗުގީޒު ފައުޖުކަމުގައިވާ 300 މީހުން (ފިރިހެނުން) މަރާލިއެވެ. ދިވެހީންގެ ހިތުގައި ޕޯޗުގީޒުންގެ މައްޗަށް އޮތް ރުޅިވެރިކަމާއި ބަދަލުހިފުމުގެ ޝުޢޫރުގެ ސަބަބުން މި ޙަމަލާގައި މާލޭގެ ރައްޔިތުން ބައިވެރިވިއެވެ. ވުމާއެކު މާލޭގައި ހިންގަމުންއައި ޕޯޗުގީޒުންގެ އަނިޔާވެރިކަން ހުއްޓުމަކަށް އައެވެ. ދެން ޖެހިގެން އައި 30 އަހަރަށްވެސް ޕޯޗުގީޒުން ދިވެހީންގެ ސިޔާދަތަށް ބާރުފޯރުވާކަށް މަސައްކަތެއް ނުކުރެއެވެ. ނަމަވެސް ދިވެހި ވިޔަފާރިވެރީން ފޭރުމާއި އެމީހުންނަށް ގޯނާކުރުން މަތީގައި ދެމިތިއްބެވެ.

މީލާދީން 1550 ވަނަ އަހަރު ރާއްޖޭގެ ތަޚުތުގައި އިންނެވި ޙަސަން ރަސްގެފާނު ރަސްކަން ދޫކުރައްވާ ކޮއްޗެއަށް ވަޑައިގެން ނަޞާރާދީން ޚިޔާރުކުރެއްވިއެވެ. އޭގެފަހުން ރާއްޖޭގެ ރަސްކަމަށް އިސްވީ ޢަލީރަސްގެފާނެވެ. ޙަސަން ރަސްގެފާނު ރާއްޖޭގެ ރައްޔިތުން ނަޞާރާދީނަށް ބަދަލުކުރުމަށް އެދިވަޑައިގެން އެކަމަށް މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް ދިވެހީން މިކަމާ އިންކާރުކުރުމުން ރާއްޖެ ހިފުމަށްޓަކައި ގޯއާގައިވާ ޕޯޗުގީޒުގެ ލަޝްކަރެއް ފޮނުއްވިއެވެ. މިފަހަރު އެމީހުންނަށްވީ ނާކާމިޔާބެވެ. ނަމަވެސް އެއާ ޖެހިގެންއައި އަހަރު ރާއްޖޭގެ ރަށްތައް ހިފާ އަދި ރާއްޖޭގެ ބައެއް ރައްޔިތުންނާއެކު ޢަލީރަސްގެފާނު ޝަހީދުކޮށްލެވުނެވެ. ނަމަވެސް ޕޯޗުގީޒުންގެ ނަޒަރު ހުއްޓިފައިވަނީ ހަމައެކަނި އެމީހުންނަށް ލިބޭނެ މާއްދީ ފައިދާއަކަށެވެ. އަދި ރާއްޖޭގެ ރައްޔިތުން ޕޯޗުގީޒުގެ ރަސްގެފާނަށް ޖިޒީ ދޭން ވަޢުދުކުރުވައި، ޕޯޗުގީޒުން ތަމްސީލުކުރުމަށް އަންޑްރެއި އޭ ނަމަކަށް ކިޔުނު މީހަކު ރާއްޖޭގައި ބެހެއްޓިއެވެ.

ޕޯޗުގީޒުންގެ ވެރިކަން މަލިކުގައި އޮތްކަމަށް ސަތިކުމަރަން ނަޔަރ ވިދާޅުވަނީ މީލާދީން 1557 ން 1573 އަށް ނަމަވެސް ޕިރާޑް އަންދާޒާ ކުރައްވަނީ އެއަށްވުރެ ތަންކޮޅެއް ކުރީގެ ތާރީޚެއް ކަމަށެވެ. އެއީ މީލާދީން 1551 ން 1561 އަށެވެ. 1573 ވަނަ އަހަރާ ޖެހެންދެން ޕޯޗުގީޒުން ރާއްޖޭގައި ވެރިކަންކުރަމުން ދިޔައެވެ. ބޮޑުތަކުރުފާނާއި އެތަކުރުފާނުގެ އަޚުން މައްމާލީންގެ އެހީއާއެކު ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވިއެވެ. ރާއްޖޭގެ ކުދީން ކިޔެވުމުގެ މުޤައްރަރުގައި ބޮޑުތަކުރުފާނުންގެ ވާހަކަ ހިމެނިފައިވެއެވެ. ރާއްޖެ ސަލާމަތް ކުރުމަށް ކުރެވުނު ހަނގުރާމައިގައި މައްމާލީންގެ ވަރަށް މުހިންމު ޢަސްކަރީ މަރުކަޒަކަށް މަލިކު ވެފައިވެއެވެ. ވީމާ، ލަފާކުރެވޭ ގޮތުގައި މައްމާލީން ވެދިން އެހީގެ އަގު ވަޒަންކުރުމުގެ ގޮތުން ބޮޑުތަކުރުފާނު މީލާދީން 1573 ވަނަ އަހަރު އަރައްކަލް ރާޖާއަށް މަލިކު ވެދުމަކަށްދެއްވީ ކަމުގައި ވެދާނެއެވެ. ނަވާރަވަނަ ޤަރުނުގެ ކުރީކޮޅުގައެއް ނޫނެވެ. މަލިކު އަރައްކަލް ރާޖާގެ ވެރިކަމުގެ ދަށުގައި ބޭއްވުމަށް ދިވެހި ރަސްކަލުންނާއި މަރިޔޮމްބީ ޢަޒީރާޖާއާ ދެމެދު ޓިއްޕޫ ހަމަޖައްސަވައިދެއްވި އެއްބަސްވުން އެހާހަލުއިކަމާއެކު ކުރިއަށްދިޔައީ މަލިކުގައި ކުރިން ވެރިކަން ކޮށްފައިވަނީ ކަންނަންނޫރު ރާޖާއިން ކަމަށްވާތީއެވެ. 1589 ވަނަ އަހަރު ޑޮން މެނުއަލް ޕޯޗުގީޒު ވިޔަޒޯރަށް ހުށަހެޅި ރިޕޯޓެއްގައި މަލިކަކީ ކަންނަންނޫރު ރާޖާއިންގެ ވެރިކަމުގެ ދަށުގައިވާ ޖަޒީރާތަކެއް ކަމުގައި ވިދާޅުވެފައި ވެއެވެ. ވީމާ، ލަފާކުރެވޭގޮތުގައި މީގެ 400 އަހަރުކުރިން މަލިކުވަނީ ރާއްޖެއާ ސިޔާސީގޮތުން ވަކިވެފައެވެ.

އަރައްކަލް ރާޖާއިން ރާއްޖޭގައި ކުރި ޚުދުމުޚުތާރު ވެރިކަން ނިމުމަކާ ހަމައަށް އައީ ސަތާރަވަނަ ޤަރުނުގެ ފަހުކޮޅުގައެވެ. 1687 ވަނަ އަހަރާ ޖެހެންދެންވެސް ރާއްޖޭގެ ރަސްކަލުން އައީ ކަންނަންނޫރުގެ ރާޖާއިންނަށް ޖިޒީ ދައްކަމުންނެވެ. ނަމަވެސް އިބްރާހީމް ރަސްގެފާނު (1648 - 1687) ރަސްކަމުގައި (އައްސުލްޠާން އިބްރާހީމް އިސްކަންދަރުގެ ރަސްކަމުގައި) މިކަމުގައި ދެބަސްވުމެއް އުފެދުނެވެ. މި ހަމަނުޖެހުމުގެ ތެރޭގައި މަލިކަށް ވަރަށް އުނދަގޫތަކާ ކުރިމަތިވިއެވެ. މަލިކުގެ އަމީރު ހަނގުރާމައިގެ އަސީރެއްގެ ގޮތުގައި ހިފެހެއްޓުނެވެ. އަދި އޭނާ ދޫކޮށްލެވުނީ ރާއްޖޭގެ ރަސްގެފާނަށް އަހަރުން އަހަރަށް ޖިޒީއެއް ދެއްކުމަށް އެއްބަސްކުރެއްވުމަށް ފަހުއެވެ.

(ނުނިމޭ)