ތިން މީހަކު ހައްޖަށް ދާން ރައްކާކޮށްފައި ހުރި ފައިސާކޮޅު ވަގަށް ނަގައިފި އެވެ.
ފުލުހުން ބުނީ، 26 މޭ 2019 ވަނަ ދުވަހު 14:03 ހާއިރު، ފ. ދަރަނބޫދޫގެ ގެއެއްގައި ބަހައްޓާފައި ހުރި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެ ފައިސާ ގެއްލިފައިވާކަން އެނގިފައިވަނީ 25 މޭ 2019 ވަނަ ދުވަހު ކަމަށެވެ. ގެއްލިފައިވަނީ ގާތްގަނޑަކަށް ތިންލައްކައެއްހާ ރުފިޔާކަމަށާއި، އެއީ ތިން މީހަކު ހައްޖަށްދާން ރައްކޮށްފައިވާ ފައިސާތަކެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި، މި މައްސަލަ މިހާރު ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.