އާ ހޯދުންތައް

އައިސްއޭޖް ޒަމާނުގެ މޫދުލޮނު ރާއްޖޭގެ ސަރަހައްދުން ފެނިއްޖެ

އަލީ އިހްސާން

1

އައިސްއޭޖް ޒަމާނުގެ މޫދުލޮނު ރާއްޖޭގެ ސަރަހައްދުން ފެނިއްޖެއެވެ.

ޔުނިވަސިޓީ އޮފް ޗިކާގޯގެ ސައިންސްވެރިންގެ ޓީމަކުން ބުނިގޮތުގައި މީގެ ވިހިހާސް އަހަރުކުރިން ނުވަތަ އައިސް އޭޖުގެ ޒަމާނުގެ މޫދު ލޮނު ރާއްޖޭގެ ސަރަހައްދުން ފެނިފައިވަނީ ލައިމްސްޓޯން ޑިޕޮސިޓް ގެ ތެރެއިން ކަމަށެވެ. ސައިންސްވެރިން މޫދުލޮނު ހޯދާފައިވަނީ ކަނޑުއަޑީގެ ލައިމްސްޓޯން ފަދަ ތަކެތި ތޮރުފައިގެން، ހައިޑްރޯލިކް ބޭނުންކޮށްގެން އޭގެ ތެރޭގައިވާ ލޮނު ނަގައިގެންނެވެ.

މި ދިރާސާކުރި ފަރާތްތަކުން ހާމަކުރާގޮތުގައި، ލައިމް ސްޓޯން ޑިޕޮސިޓްގެ ތެރެއިން ނެގި މޫދުލޮނު ތަހުލީލުކުރުމުން އެލޮނުގެ ލޮނުކަން މިހާރު އިންޑިޔާ ކަނޑުގެ ލޮނަށްވުރެ އެތައް ތަނެއް އިތުރުކަން ވަނީ އެނގިފައެވެ. އެލޮނުގެ ސާޕަލްތަކުން އެލޮނަކީ، ކަނޑުގެ ލޮނަށްވުރެ ލޮނުކަން ގަދަ، ފިނި، އަދި މާބޮޑަށް ކްލޮރިނޭޓެޑް އިރެއްގެ ލޮނުކަން ދޭހަވާކަމަށް ވެސް މިދިރާސާކުރި ފަރާތްތަކުން ބުނެއެވެ.

ޔުނިވަސިޓީ އޮފް ޗިކާގޯގެ އެސިސްޓެންޓް ޕްރޮފެސަރު އޮފް ޖިއޯފިޒިކަލް ސައިންސް، ކްލާރާ ބްލެޓްލާ ވިދާޅުވާގޮތުގައި، އެލޮނުގެ އެންމެހައި ސާޕަލްތައް ބެލުމުން އެއީ މީގެ ވިހިހާސް އަހަރު ކުރީގެ ލޮނުކަން ވަނީ އެނގިފަ އެވެ.

ޔުނިވަސިޓީ އޮފް ޗިކާގޯއިން މިތަހްލީލުތަކާ ބެހޭ ދިރާސާ ރިޕޯޓް އަންނަ ޖުލައިމަހު ޝާއިއު ކުރަންވަނީ ނިންމާފައެވެ.