ރޯދަމަސް

ރޯދަމަހުގެ 21 ވަނަ ދުވަސް: ތަރުކާރީގެ ބާވަތްތަކުގެ އަގު ހެޔޮވާން ފަށައިފި

މުހައްމަދު އައުޒަމް

ރޯދަމަހުގެ ފަހުދިހައިގެ ފުރަތަމަ ދުވަހު މާރުކޭޓުގެ ގިނަ ބާވަތްތަކުގެ އަގުތައް ދަށް ވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ރޯދަމަސް ފެށިގެން އައި އިރު ލޯކަލް މާރުކޭޓުގައި އަގުތައް އުފުލިފައި ހުރި ގިނަ ބާވަތްތަކުގެ އަގު ތިރިވެ ތިޔާގިވެފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ތަރުކާރީގެ ބާވަތްތަކުގެ ތެރެއިން ގިނަ ބާވަތްތަކެއްގެ އަގަށް ބޮޑު ބަދަލެއް އައިސްފައިވާކަން ފާހަގަކޮށްލެވެއެވެ. ރޯދަމަސް ފެށުނު އިރު ކެރެޓް ކިލޯއެއް ލިބެން ހުރީ 30ރ އަށް ކިލޯއެކެވެ. ނަމަވެސް މިއަދު މާރުކޭޓުގައި ކެރެޓް ކިލޯއެއް 20ރ އަށް ލިބެން އެބަހުއްޓެވެ. ރޯދަ ފެށުނު އިރު ކެބެޖް ކިލޯއެއް 60ރ އަށް ލިބުނުއިރު މިއަދު ކެބެޖް ކިލޯ އެއް 40ރ އަށް ލިބެއެވެ. ޓޮމާޓޯ ވެސް 80ރ އިން 40ރ އަށް ކިލޯ ލިބެން ހުރިކަން ފާހަގަ ކޮށްލެވެއެވެ. މާރުކޭޓުގެ ވިޔަފާރިވެރިން ވަނީ ފަހުދިހަ ނިމޭއިރުވެސް އަގުތައް އެއްވަރެއްގައި ހިފެހެއްޓިފައި ހުންނާނެ ކަމަށް ބުނެފައެވެ.

ބާާޒާރުގައި މިއަދު އެންމެ އަގު ބޮޑުކަމަށް ފާހަގަކޮށްލެވެނީ ރޯކަދުރެވެ. ރޯކަދުރު ކިލޯ އެއް މިއަދު ލިބެންހުރީ 350ރ އަށެވެ. ކަދުރުގެ އަގު މިހާ ބޮޑުވެފައި މިވަނީ މިފަހަރު ކަދުރުލިބުން މަދުވުމުން ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

މިއަދު މެންދުރު 12:00އާ ހަމައަށް ބާޒާރުގެ އަގުތައް:


1. ކަރާ 20ރ ކިލޯ
2. ލެޓިޔުސް 55ރ ކިލޯ
3. ބޭރު ތޮޅިމިރުސް 60ރ. ކިލޯ
4. ދިވެހި ގިތެޔޮ މިރުސް 600ރ ، 480ރ ކިލޯ
5. ކެރެޓް 20ރ ކިލޯ
6. ކިޔުކަމްބާ 20ރ ކިލޯ
7. ލުނބޯ 30ރ ކިލޯ
8. ކާއްޓެއް 05ރ އާއި 15ރ އާ ދެމެދު
9. ގަބުޅި 10ރ އާއި 30ރ އާ ދެމެދު
10. ކުރުނބާ 15ރ އަދި 20ރ
11. ފާގަ 70ރ ކިލޯ
12. ބީންސް 60ރ ކިލޯ
13. ޓޮމާޓޯ 40ރ ކިލޯ
14. ކޮޕީ ފަތް 10ރ ބޮނޑިއެއް
15. ކަންކުން ފަތް 10ރ ބޮނޑިއެއް
16. ކުއްޅަފިލާ ފަތް 10ރ ބޮނޑިއެއް
17. ކެޕްސިކަމް 60ރ ކިލޯ
18. ކެބެޖް 40ރ ކިލޯ
19. ޔޫގެންޑާ މިރުސް 180ރ ކިލޯ
20. ދިވެހި އަނބު 100ރ ބައެއް
21. ބޭރު އަނބު 60ރ ކިލޯ
22. ދޮންކެޔޮ 2ރ، 7ރ
23. ރޯކަދުރު 350ރ ކިލޯ

މަސް:
1. ގޮދާ 30ރ ކިލޯ
2. ކަންނެލި 30ރ ކިލޯ
3. ބޮޑު ކަންނެލި 40ރ ކިލޯ
4. ރިއްމަސް 20ރ އަށް 5 މަސް
5. މުށިމަސް 20ރ އަށް 5 މަސް
6. މާނިޔާމަހެއް 40ރ
7. ދޮން ނޫމަސް 20ރ އަށް 4 މަސް
8. ރެހި 20ރ ޖޯޑެއް