Close
ޕޮލިސް

ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި 96 މީހުން ހައްޔަރު ކޮށްފި

އިބްރާހިމް ޒަކީ

ވައްކަމާއި ފޭރުމުގެ މައްސަަލަތަކުގައި ވޭތުވެދިޔަ ފަނަރަ ވަރަކަށްދުވަހު 96 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ގެ މީޑީޔާ އޮފިޝަލް "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވި ގޮތުގައި މި ރަމަޟާން މަހުުގެ ފަނަރަ ވަނަ ދުވަހާ ހަމައަށް ހިނގާފައިވާ ވައްކަމާއި ފޭރުމުގެ މައްސަލަތަކަށް ބަލާއިރު، އެ މުއްދަތުގައި 96 މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭގެ ތެެރެއިން 90 މީހުން ވައްކަމުގެ މައްސަލަތަކުގައި ހައްޔަރު ކޮށްފައިވާއިރު، ފޭރުމުގެ މައްސަލަތަކުގައި 6 މީހުން ވަނީ ހައްޔަރު ކޮށްފައެވެ.

ފުލުހުންބުނީ ވައްކަމުގައި ހައްޔަރު ކޮށްފައިވާ މީހުންގެ ތެރެއިން 32 މީހުންނަކީ އަތޮޅުތެރެއިން ހައްޔަރު ކޮށްފައިވާ މީހުން ކަމަށެވެ. މާލޭ ސިޓީން ހައްޔަރު ކޮށްފައިވަނީ، 58 މީހުންނެވެ. އަދި ފޭރުމުގެ މައްސަލައިގައި، އަތޮޅުތެރެއިން އެކަކު މާލޭސިޓީން ފަސް މީހުން ވަނީ ހައްޔަރު ކޮށްފައެވެ.

ފުލުުހުން ބުނީ އެ މުއްދަތުގައި ވައްްކަމާއި ފޭރުމުގެ 449 މައްސަލަ ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށެވެ.

އޭގެ ތެރެއިން ވައްކަމުގެ 200 މައްސަލަ އަތޮޅުތެރެއިން ހުށަހަޅައިފައިވާއިރު މާލޭ ސިޓީން 223 މައްސަލަ ވަނީ ހުށަހަޅައިފައެވެ. އަދި ފޭރުމުގެ އަށް މައްސަލަ އަތޮޅުތެރެއިން ހުށަހެޅި އިރު، މާލެއިން 18 މައްސަލަ ހުށަހަޅައިފައިވެ އެވެ.