ފެޝަން

ހީލްސަށް އަރާއިރު ދީޕިކާ ބޭނުން ކުރާ ހެކް

ކޭންސް 2019 ގައި ރީތި ހެދުންތަކެއް ދައްކާލުމަށްފަހު މިހާރު ދީޕިކާ ހުރި އިންޑިއާގައެވެ. ނަމަވެސް އަދިވެސް އޭނާ ދައްކައިދިން ސްޓައިލްތަކުގެ ވާހަކަތައް ދަނީ ދެކެވެމުންނެވެ.

މިއީ ރެޑް ކާޕެޓުގައި ދީޕިކާ ވިދާލި ފުރަތަމަ ފަހަރެއް ނޫނެވެ. 2018 ގެ މެޓް ގާލާ އަށްވެސް އޭނާ ވަނީ ބާބީ ލުކެއް ދައްކާލައި ފޭނުންނާއި ފެޝަން ކްރިޓިކްސްގެ ލޯބި ހޯދާފައެވެ.

ތްރީޑީ ޕްރިންޓްކޮށްފައިވާ އެ ގައުން ޑިޒައިން ކުރީ ޒެކް ޕޮސެންއެވެ. އެ ގައުނާއެކު ދީޕިކާ ހުރީ ހީލަަކަށް އަރައިފައެވެ.

ބޮލީވުޑްގެ އެންމެ ދިގު ތަރިންގެ ތެރޭގައި ދީޕިކާ ހިމެނޭ ނަމަވެސް ހީލަށް އޭނާ ހުންނަ ޝައުގުވެރިކަމަށް ބަދަލެއް ނާދެއެވެ. ހާއްސަކޮށް ރެޑް ކާޕެޓް ތަކުގައެވެ.

ހީލަކީ ކޮންމެ މީހަކުވެސް ގިނައިރު ވަންދެން އަރައިގެން އުޅޭނަމަ އޭގެން އެތައް އުނދަގޫތަކެއްވެ، ފައި ހަލާކުވެ ތަދުވާ އެއްޗެކެވެ. ދީޕިކާއަށްވެސް ހީލަށް އަރައިގެން ގިނައިރު ވުމުން މިކަންކަމާ ދިމާވެއެވެ. މީސްމީޑިއާގައި ދީޕިކާ ހިއްސާކުރި ވީޑިއޯއެއްގައި އޭނާ ވަނީ ހީލަށް އަރާއިރު އޭނާ ބޭނުންކުރާ ހެކް އޭނާގެ ފޭނުންނަށް ހިއްސާކޮށްފައެވެ.

މި ވީޑިއޯއަކީ މެޓް ގާލާ 2019 އަށް ތައްޔާރުވަމުން ދިޔައިރު ނަގާފައިވާ ވީޑިއޯއެކެވެ. ވީޑިއޯގައި ދީޕިކާވަނީ ހީލަށް އަރައިގެން ގިނައިރު ހުންނަ އިރު އޭނާ ބޭނުންކުރާ ހެކެއްގެ ވާހަކަ ހިއްސާކޮށްފައެވެ.

އެގޮތުން ދީޕިކާ ބުނި ގޮތުގައި ހީލަށް އެރުމުގެ ކުރިން އައްސިކުރާ ބޭސް ފައިގައި ހާކައެވެ. އެއަށްފަހު ކިތަންމެ ގިނައިރަކު ހީލަށް އަރައިގެން އުޅުނަސް ފަޔަށް ތަދުވެ އުނދަގޫ ނުވާ ކަމަށްވެއެވެ.

އައްސިކުރާ ބޭހަކީ ފަހަކަށް އައިސް ހީލަށް އަރައިގެން ގިނަ އިރު ހުންނަ މީހުން ބޭނުން ކުރަން ފަށާފައިވާ ބޭހެއްކަން ވަނީ ހާމަވެފައެވެ.