ރޯދަމަސް

ރޯދަމަހުގެ 20 ވަނަ ދުވަސް: ލެޓިއުސް ކިލޯއެއްގެ އަގު 120ރ އިން 40ރ އަށް ވެއްޓިއްޖެ

މުހައްމަދު އައުޒަމް

ރޯދަމަހުގެ ފަހު ދިހައަކަށް މަރުހަބާ ކިޔާއިރު މާރުކޭޓުގެ އަގުތަކުން މާބޮޑު ބަދަލެއް ފާހަގައެއް ނުކުރެވެއެވެ. ނަމަވެސް ބައެއް ބާވަތްތަކުގެ އަގު ހެޔޮވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ރޯދަމަހު މިހާތަނަށް އަގަށް އެންމެ ބޮޑު ބަދަލެއް އައިކަމަށް ބެލެވޭ ބާވަތްތަކުގެތެރެއިން އެންމެފާހަގަ ކޮށްލެވެނީ ލެޓިއުސް އަށް އައި ހެޔޮބަދަލެވެ. ރޯދަމަސް ފެށުނު އިރު 120ރ އަށް ކިލޯ ލިބެންހުރި ލެޓިއުސް މިއަދު ލިބެންހުރީ 40ރ އަށް ކިލޯއެއްގެ ރޭޓުންނެވެ. ރޯދަމަހުގެ މެދުތެރޭ ލެޓިއުސްގެ އަގު 80ރ އަށް 60ރ އަށް ހިފެހެއްޓިފައި ހުރިނަމަވެސް ފަހުކޮޅަށް އައިއިރު މިވަނީ އަގު ހެޔޮވެފައެވެ. މާރުކޭޓުގައި ލެޓިއުސް ގިނަކަން ފާހަގަ ކޮށްލެވެއެވެ. ގާތްގަނޑަކަށް ކުރިހާ ގޮޅިއެއްގައިހެން ލެޓިއުސް ލިބެން އެބަހުއްޓެވެ.

ފަތްޕިލާވެލީގެ އެހެން ބާވަތްތަކަށް ބަލާއިރު ކޮޕީފަތް އަދި ކަންކުންފަތްވެސް މިއަދު ލިބެންހުރީ 10ރ އަށް ބޮނޑިއެއްގެ ރޭޓުންނެވެ. އަދި ކުއްޅަފިލާފަތްވެސް 10ރ އަށް ބޮނޑިއެއް ލިބެން ހުރިކަން ފާހަގަ ކޮށްލެވެއެވެ.

މިއަދު ހެނދުނު 11:00އާ ހަމައަށް ބާޒާރުގެ އަގުތައް:

1. ކަރާ 18ރ ކިލޯ
2. ލެޓިޔުސް 40ރ ކިލޯ
3. ބޭރު ތޮޅިމިރުސް 60ރ. ކިލޯ
4. ދިވެހި ގިތެޔޮ މިރުސް 600ރ ، 550ރ ކިލޯ
5. ކެރެޓް 25ރ ކިލޯ
6. ކިޔުކަމްބާ 25ރ ކިލޯ
7. ލުނބޯ 35ރ ކިލޯ
8. ކާއްޓެއް 05ރ އާއި 20ރ އާ ދެމެދު
9. ގަބުޅި 15ރ އާއި 20ރ އާ ދެމެދު
10. ކުރުނބާ 20ރ އަދި 25ރ
11. ފާގަ 80ރ ކިލޯ
12. ބީންސް 60ރ ކިލޯ
13. ޓޮމާޓޯ 50ރ ކިލޯ
14. ކޮޕީ ފަތް 10ރ ބޮނޑިއެއް
15. ކަންކުން ފަތް 10ރ ބޮނޑިއެއް
16. ކުއްޅަފިލާ ފަތް 10ރ ބޮނޑިއެއް
17. ކެޕްސިކަމް 55ރ ކިލޯ
18. ކެބެޖް 40ރ ކިލޯ
19. ޔޫގެންޑާ މިރުސް 150ރ ކިލޯ
20. ދިވެހި އަނބު 100ރ ބައެއް
21. ބޭރު އަނބު 65ރ ކިލޯ
22. ދޮންކެޔޮ 5ރ، 7ރ
23. ރޯކަދުރު 380ރ ކިލޯ

މަސް:
1. ގޮދާ 35ރ ކިލޯ
2. ކަންނެލި 35ރ ކިލޯ
3. ބޮޑު ކަންނެލި 35ރ ކިލޯ
4. ރިއްމަސް 20ރ އަށް 5 މަސް
5. މުށިމަސް 20ރ އަށް 5 މަސް
6. މާނިޔާމަހެއް 60ރ
7. ދޮން ނޫމަސް 20ރ އަށް 3 މަސް
8. ހަނދި 60ރ